ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު އަނިޔާއާއި ނާއިންސާފަށް ތާއިދެއް ނުކުރައްވާ: އާދަމް ނަޞީރު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ދުނިޔޭގެ އެއްވެސް ކަން ކޮޅެއްގައި އަނިޔާ އާއި ނާއިންސާފާއި އަޅުވެތިކަން އޮތުމަށް ތާއިދު ކުރައްވާ ރައީސްއެއް ނޫންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބާގައި އާދަމް ނަސީރު ވިދާޅުވީ މިނިވަންކަމުގެ ބަސް ދުލަށް ކިންތައްމެހާވެސް ލުއި ކަމަށާއި ހިތައް ފަސޭހަ ކަމަށެވެ. އެހެންނަމަވެސް އެ ލަފްޒުގެ ފަހަތުގައި ވަނީ އޭގެ ފުންމިން ނޭންގޭ ގުރުބާނީގެ ކަނޑުތަކެއް ކަމަށާއި ހިންމަތާއި މިންނަތުގެ އަހަރުތަކެއް ކަމަށާއި، ވޭނާއި ހޫނާއި ރުއިމުގެ ޒަމާންތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކަން ޔަގީންވާ އެއް ކަމަކީ ފަލަސްތީނުގެ ރައްޔިތުންނާއި މެދު ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރައީސް މުއިއްޒު އަކީ ދުނިޔޭގެ އެއްވެސް ކަން ކޮޅެއްގައި އަނިޔާ އާއި ނާއިންސާފާއި އަޅުވެތިކަން އޮތުމަށް ތާއިދު ކުރައްވާ ރައީސްއެއް ނޫންކަމަށްވެސް އާދަމް ނަސީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގައުމުގެ މިނިވަންކަން ދިފާއު ކުރައްވަން ތިއްބަވަނީ ގައުމީ ދިފާއީ ބާރު ކަމަށެވެ. އަދި މިނިވަން ދުވަހުގެ އެކި ކަންކަމުގައި ގައުމީ ދިފާއީީ ބާރާއި ދިފާއީ ވުޒާރާގެވެސް ދައުރު ބޮޑު ކަމަށް ފާހަގަކުރެއްވިއެވެ.

މިނިވަން ދުވަހުގެ މުނާސަބާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: