ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ 17 ބައްދަލުވުން ބާއްވައި 225 ނިންމުމެއް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 56 ވަނަ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުގެ މުހިންމު މަސައްކަތްތަކެއް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށެވެ. ކެބިނެޓުގެ ހުރިހާ ވަޒީރުންނާއި އެވަޒީރުންގެ ދަށުން މަސައްކަތް ކުރަމުންދާ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި އަދި އެބޭފުޅުންނާއި އެކު މަަސައްކަތް ކުރައްވާ މުޅި ސިވިލްސާވިސް އާއި އަދި ސަރުކާރުގެ އެކި މަގާމުތަކުގައި ތިބެއްވި ހިދުމަތްތެރިން ވަރަށް ގިން މަސައްކަތް ކުރައްވަވާ ކަމަށް ވިދާޅުވިއެވެ.
ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ 17 ބައްދަލުވުން ބާއްވައި 225 ނިންމުމެއް ނިންމާފައިވާކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ 225 ނިންމުމަކީ ވަރަށް ގިން މަޝްވަރާތައް ކަމަށާއި ގައުމުގެ މިނިވަން ޔަގީން ކުރުމަށްޓަކައި ކުރައްވާފައިވާ ކަންކަން ކަމަށެވެ.
އެހެންނަމަވެސް މީގެ ކުރީ ދެދައުރަށް ބަލާއިރު މިދިޔަ ދައުރުގައި 8 މަސްދުވަހުގެ ތެރޭގައި ބާއްވާފައިވަނީ 14 ބައްދަލުވުން ކަމަށާއި އަދި ނިންމމާފައިވަނީ 34 ނިންމުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެކުރިން 2013 އިން 2018 އަށް ބަލާއިރު 8 މަސްދުވަހު ބެއްވުނީ 8 ބައްދަލުވުން ކަމަށާއި އަދި ނިންމުނީ 8 ނިންމުން ކަމަށް ރައީސް ވިދާޅުވިއެވެ.
އިކޮނިމޮކް ކައުންސިލުން 56 ބައްދަލުވުމެއް ބާއްވާ 176 ނިންމުމެއް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. ސޯޝިއަލް ކައުންސިލުން 16 ބައްދަލުވުމެއް ބާއްވާ 48 ނިންމުމެއް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދަޅުވީ މިނިވަންކަން ގައުމަކަށް ލިބެނީ މައިގަނޑު ތިން ކަމެއް ހާސިލް ވުމުން ކަމަށެވެ. އެއީ އިގްތިސާދީ ސިޔާދަތާއި ޔަގީން ވެގެންކަމަށާއި، އަމިއްލަ ވަންތަކަމުގެ ސިޔާދަތު ޔާގީން ވުމުންނާއި އަދި ސަލާމަތީ ނުވަތަ ދިފާއީ ސިޔާދަތު އެގައުމަކަށް ޔަގީން ވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި އެ ތިން ސިޔާދަތު ޔަގީން ނުވާ ހާލެއްގައި އެ ގައުމުގައި މިނިވަންކަން ހަގީގީ މާނައިގައި ނޯންނާނެ ކަމަށެވެ.
”އަޅުގަނޑުމެންގެ އިގްތިސާދި ސިޔާދަތު މިހާ ހިސާބަށް އައިއިރުގައި އޮތީ ކިހާހިސާބެއްގައިތޯ؟ އަޅުގަނޑުމެން ވެރިކަމާއި ހަވާލުވީ އިރުގައި ގައުމުގެ އިގްތިސާދު އޮތީ. އަޅުގަނޑުމެންނަށް ކޮންކަމެއްތޯ މިކުރެވުނީ، ކުރަމުން މިދަނީ އަދި ކުރަން ރާވައިފައި އޮތީ.. އަޅުގަނޑުމެންގެ އިގްތިސާދީ ސިޔާދަތު ޔަގީން ކުރުމަށްޓަކައި ފަރުދުންގެ ފުދުންތެރިކަމަށް، އާއިލާތަކުގެ ފުދުންތެރިކަމަށް، ޖަމާއަތުގެ ފުދުންތެރިކަމަށް، ގައުމުގެ ފުދުންތެރިކަން ޔަގީން ކުރުމަށްޓަކައި ކުރެވިފައިވަނީ ކޮންކަމެއްތޯ“
ރައީސް ވިދާޅުވީ މިއަދު މިނިވަންކަން މިހާ ހިސާބަށް އައިސްފައިވަނީ ވަރަށް ގިނަ ބައެއްގެ ގުރުބާނީގެ ސަބަބުންނާއި، ވަރަށް ގިނަ އަޖުދާދުންގެ ހިންމަތާއި ބުރަ މަސައްކަތުން ކަމަށެވެ. އެހެންކަމުން މިއަދު ހުރިހާ އެންމެންގެ ޒިންމާއަކަށް ވާނީ އެމީހުންގެ ޒިކުރާ އާކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދައުލަތަށް އެހާ ގިނަދުވަހު ހިދުމަތް ކުރެވޭނީ ވަރަށް ރަނގަޅު އަހުލާގެއްގެ ވެރި ބަޔަކަށް ކަމަށެވެ. ގައުމަށް ތެދުވެރިވެ ހަވާލުވި ކޮންމެ ޒިންމާއެއް ތެދުވެރި ކަމާއެކު އަދި އަމާނާތްތެރި ކަމާއެކު، އިހްލާސްތެރިކަމާއެކު އަދާކުރުމުގެ ވަރުގަދަ އަޒުމުގައ،ި ނުގުޑާ އަޒުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.

