ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ އެޑިއުކޭޝަން މިނިސްޓަރުގެ ރަސްމީ އީމެއިލްތައް ޑިލީޓްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ރަސްމީ އީމެއިލްތައް އޭނާ ޑިލީޓް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް ވިދާޅުވީ މިނިސްޓަރުން ބޭނުން ކުރައްވަމުން ގެންދެވި ރަސްމީ އީމެއިލްގައިވާ ހުރިހާ މެއިލް 2023 ވަނަ އަހަރު ތެރޭގައި ޑިލިޓް ކޮށްލާފައިވާ މައްސަލަ ތަހުގީގު ކުރުމަށް އެދި މި މަހުގެ 25 ވަނަ ދުވަހު ފުލުހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އައިޝަތު އަލީގެ ރަސްމީ އީމެއިލްތައް ޑިލީޓްކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށިއިރު އޭނާގެ އެ އީމެއިލް އެކައުންޓަށް މީހަކު ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެރިކަން ނިމުނު ދުވަހު ރަސްމީ އީމެއިލް ޑިއެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، މިއަދު މެންދުރު 1:15 ގައި އެ ކައުންޓަށް މީހަކު ވަންނަން މަސައްކަތް ކޮށްފައިވަނީ ކީއްވެގެންތޯ ވަނީ ސުވާލު އުފައްވައިފައެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: