ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމަލީ މަސައްކަތް ނުފަށާ ހުރި އެމްޓީސީސީގެ މަޝްރޫއުތައް މަޑު ޖައްސާލުމަށް އަންގައިފި

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ޙަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީއިރު، އެމްޓީސީސީން އަމަލީ މަސައްކަތް ފަށައިފައިވާ މަޝްރޫއުތައް ހިމެނޭ ގޮތަށް މަޝްރޫއުތަކެއް މަޑުޖައްސާލަން މިނިސްޓްރީއިން އަންގައިފައިވ ކަމަށް ނޫހަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ސޮއިކޮށް ޢަމަލީ މަސައްކަތް ނުފެށިވާ މަޝްރޫޢުތައް މިވަގުތައް ނުފަށައި ޢަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް އިސްކަން ދިނުމަށް ވާނީ ނިންމާފައިކަމަށެވެ.

މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުމުގެ ސަބަބުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: