ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަހުގެ ތެރޭގައި އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތައް

މަޖީދީ މަގު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ޖުލައި މަހުގެ ތެރޭގައި އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތައްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިކަން ހާމަވީ ކޮންމެ މަހަކުވެސް ފުލުހުން އާންމުކުރާ ތަފާސްހިސާބުތަކުންނެވެ. އެގޮތުން ޖުލައި މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 963 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. އެއީ 293 މައްސަލައެވެ. ޓްރެފިކް އެކްސިޑެންޓު 190 މައްސަލައެއް ހުށައަޅާފައިވެއެވެ.

މީގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ 51 މައްސަލައެއް ހުށައަޅާފައިވާއިރު، މަކަރާއި ހީލަތް ހެދުން 55 މައްސަލައެއް ހުށައަޅާފައިވެއެވެ. ފޭރުމުގެ 46 މައްސަލައާއި، ފޯޖް ކުރުމުގެ 12 މައްސަލަ މިދިޔަ މަހު ރިޕޯޓު ކުރި މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.

ޖިންސީ ގޯނާގެ 29 މައްސަލަ ރިޕޯޓުކުރިއިރު، އަނިޔާ ކުރުމުގެ 56 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

އޭގެ އިތުރުން ހުށައަޅާފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ 140 މައްސަލައަކާއި، އެއްޗެހި ގެއްލުމުގެ 73 މައްސަލައެކެވެ.

ޖޫން މަހަށް ޖުލައި މަހު ރިޕޯޓު ކުރި މައްސަލަތަކުގެ އަދަދު މަދެވެ. ޖޫން މަހު ރިޕޯޓްކުރީ ޖުމްލަ 1036 މައްސަލައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: