ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެލޭޝިއާގެ ޤައުމީ އެއަރލައިން، ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފަށައިފި

މެލޭޝިއާގެ ޤައުމީ އެއަރލައިން، މެލޭޝިއާ އެއަރލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފެށުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މެލޭޝިއާގެ ޤައުމީ އެއަރލައިން، މެލޭޝިއާ އެއަރލައިންސް އިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފަށައިފިއެވެ.

މިގޮތުން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރް އިންޓަރނޭޝަނަލްއެއަރޕޯޓުން 168 ފަސިންޖަރުންނާއިއެކު ފުރި މެލޭޝިއާ އެއަރލައިންސްގެ ބޯޓު ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު 1120 ގައެވެ.

މެލޭޝިއާ އެއަރލައިންސްއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި،މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކްރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ އިތުރުން މެލޭޝިއާއެއަރލައިންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މެލޭޝިއާ އެއަރލައިންސްއަކީ ދުނިޔޭގެ އެންމެ ބޮޑުއެއް އެއަރލައިން ކަމަށާއި މެލޭޝިއާ އެއަރލައިންސްއިން ދަތުރުތައް ފެށުމުން،ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.އަދި އޮސްޓްރޭލިއާއާއި ނިއުޒީލެންޑް ހިމެނޭ އޯޝޭނިއާ ރީޖަން އިން ފަތުރުވެރިންނަށްރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެންނަންޖެހޭ މުހިންމު އެއް ބަދަލަކީ، ރާއްޖެއަށް ބޮޑެތި އެއަރލައިންތައް އަންނަމުންދާއިރު، އެފަރާތްތަކުގެ ގްރައުންޑް ސަރވިސް އޭޖެންޓް (ޖީ.އެސް.އޭ) ނުވަތަ ހޭންޑްލިންގއޭޖެންޓަކީ ދިވެހި ކުންފުނިތަކަށް ހެދުންކަމަށެވެ. އެގޮތުން ދިވެހިންނަށް ޖީ.އެސް.އޭ ގެނަފާ ލިބޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން، އެ އެއަރލައިންގެޗެކިންގ ފަށާފައި ވަނީވެސް ޚާއްސަ ހަރަކާތަކުންނެވެ. އެގޮތުން މެލޭޝިއާއެއަރލައިންސްގެ ޗެކިން ކައުންޓަރ ހުޅުއްވައިދެއްވީ މެލޭޝިއާ އެއަރލައިންސްގެ އިސްވެރިންނާއި އެމް.އޭ.ސީ.އެލްގެ ޓަރމިނަލް އަދި ޕަސެންޖަރ ސަރވިސްގެ ޑެޕިއުޓީޗީފް އޮފިސަރުންނެވެ.

މެލޭޝިއާ އެއަރލައިންސްއިން ދަތުރުތައް ފެށުން ފާހަގަކުރައްވާ، އެމް.އޭ.ސީ.އެލްގެސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މެލޭޝިއާއާއި ރާއްޖެއާއި ދެމެދު ކުރެވޭ ވައިގެ ދަތުރުތައް، މެލޭޝިއާ އެއަރލައިންސްއާއި އެކުއިތުރުވެގެން ދިޔުމަކީ އިޤްތިޞާދީގޮތުން ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށްވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެމް.އޭ.ސީ.އެލްއިން އަބަދުވެސްމަސައްކަތްކުރަމުންދަނީ އެއަރލައިންތަކާއި ފަސިންޖަރުންނަށް ފަސޭހަ މާޙައުލެއްޤާއިމްކޮށްދީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަމުގައި ވިދާޅުވިއެވެ.

މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް އަލުން ފެށުމާއި ގުޅިގެން، އެމް.އެމް.ޕީ.އާރް.ސީގެސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، މެލޭޝިއާއެއަރލައިންސްގެ ސީދާ ދަތުރުތައް އަލުން ފެށިގެން ދިޔުމާއިއެކު ރާއްޖެއަށް އަންނަފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދިއެއަރލައިންތަކާއެކު ޤާއިމުކުރެވޭ ގުޅުންތަކަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުންދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ފުރުސަތުތައް ފަހިކުރުމަށްއެމް.އެމް.ޕީ.އާރް.ސީ އިން ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއްކަމުގައި ޝިއުރީފާހަގަކުރެއްވިއެވެ.
ކޮންމެ ދުވަހަކުވެސް މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރުމިދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގ 800-737 މަކުރާގެ 174 ސީޓުގެފުލައިޓެކެވެ. މެލޭޝިއާ އެއަރލައިންސް އިން ދިވެހިރާއްޖެއަށް އެންމެ ފަހުން ދަތުރުކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.
އެއަރ އޭޝިއާ އަދި ބަޓިކް އެއަރ އިން މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ދަނީ ދަތުރުތައް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: