ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައުސިން ޔުނިޓުތަކަށް ކުލި ނުދެއްކުމާއި، ކުއްޔަށް ދޭ މައްސަލަ ބަލައި ފިޔަވަޅު އަޅަނީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުން މަހުން މަހަށް ދައްކަން ޖެހޭ ކުލިތައް ގަވައިދުން ނުދާނަމަ ފިޔަވަޅު އަޅާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ބޯހިޔާވަހިކަމުގެ ދަށުން ރައީސް ޑރ. މުހައްމަދު ރައްޔިތުންނަށްވި ރިޔާސީ ވައުދުތަކުގެ ތެރޭގައި، މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާގެ 20 އިންސައްތަ މައާފުކޮށް ދިނުން ހިމެނެ އެވެ. އަދި އޭގެ ފަހުން މި އަހަރުން ފެށިގެން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ޔުނިޓުތަކުގެ ވެރިފަރާތްތަކަށް އެންގި ނަމަވެސް އެއާއި އެއްގޮތަށް ބައެއް މީހުން ފައިސާ ދައްކަމުން ނުގެންދާކަމަށް މިނިސްޓްރީން ބުންޏެވެ.

މި މައްސަލައިގައި އާންމު ކުރި ބަޔާނެއްގައި ހައުސިން މިނިސްޓްރީން ބުނީ، ބައެއް ޔުނިޓުތައް ކުއްޔަށް ދީ އެތަންތަނަށް ގަވައިދާ ހިލާފަށް ބަދަލުތައް ގެންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެން ކަމުން މަހުން މަހަށް ދައްކަން ޖެހޭ ކުލިތައް ނުދައްކާ މައްސަލަ ހިމެނޭހެން، އެފަދަ މައްސަލަތައް ވެސް ބަލަން ފަށާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިނިސްޓްރީގެ އިލްތިމާސަށް ފަހު ވެސް ފައިސާ ދައްކަމުން ނުދާ، ގަވައިދާ ހިލާފަށް ޔުނިޓުތަކާއި މެދު އަމަލު ކުރަމުންދާ މީހުންނަށް ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: