ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތއުފާ ދެއްވައި އިންޑިއާއަށް

ބޮޑުވަޒީރު ހަސީނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވާޒެދު ވަނީ އިސްތިއުފާދެއްވައި، ގައުމުން ފުރާވަޑައިގެންފިއެވެ.

ބޮޑުވަޒީރު ހަސީނާ އިސްތިއުފާ ދެއްވައި ގައުމު ދޫ ކުރައްވާ ފުރާވަޑައިގެންފައި މިވަނީ ދަރިވަރުންގެ އިސްނެގުމުގައި ފެށުނު އިހުތިޖާޖުތަކެއް މުޅި ގައުމަށް ފެތުރި، ހަމަނުޖެހުންތަކަކަށް ބަދަލުވުމާ ގުޅިގެންނެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، 76 އަހަރުގެ ބޮޑުވަޒީރު ވަނީ ހޯމަ ދުވަހު ހެލިކޮޕްޓަރެއްގައި އިންޑިއާއަށް ފުރާވަޑައިގެންފައެވެ. މިއީ ވެރިރަށް ޑާކާގައި ހުންނަ އޭނާގެ ރަސްމީ ގަނޑުވަރަށް ހާހުން ގިނަ އަދަދެއްގެ މީހުން އަރައިގަތުމާ ގުޅިގެންނެވެ.

މިއާއެކު، ބަންގްލަދޭޝްގެ އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ބޮޑުވަޒީރުގެ ވެރިކަމަށް ހީނުކުރެވޭފަދަ ގޮތަކަށް ނިމުމެއް އައިސްފައިވެއެވެ. އޭނާ ވަނީ ޖުމްލަ 20 އަހަރަށްވުރެ ގިނަ ދުވަހު ގައުމު ވެރިކަން ކުރައްވާފައެވެ.

ދެކުނު އޭޝިއާގެ މި ގައުމުގެ އިގްތިސާދީ ކުރިއެރުން ކުރިއަށް ގެންދެވުމުގެ ކްރެޑިޓް ލިބިވަޑައިގަންނަވާ ހަސީނާ، އޭނާގެ ސިޔާސީ ދަތުރު ފައްޓަވާފައިވަނީ ޑިމޮކްރަސީއަށް ތާއީދުކުރައްވާ އައިކަނެއްގެ ގޮތުގައެވެ.

ނަމަވެސް، ފަހަކަށް އައިސް އޭނާއަށް ވަނީ އަމިއްލަ ވެރިކަމަށް ދެކޮޅު ހަދާ ފަރާތްތަކަށް އަނިޔާވެރިވެ، އޮޓޮކްރެޓިކް ވެރިއެއްގެ ގޮތުގައި ބަދަލުވެވަޑައިގެންފައިވާކަމުގެ ތުހުމަތު ކުރެވެއެވެ.

ޖެނުއަރީ މަހު ބޭއްވުނު އިންތިޚާބެއްގައި އޭނާ ވަނީ ހަތަރުވަނަ ދައުރަކަށް ބޮޑުވަޒީރުކަން ހޯއްދަވާފައެވެ. ނަމަވެސް މި އިންތިޚާބަކީ ނުފޫޒުން ފުރިގެންވާ ދޮގު އިންތިޚާބެއްކަމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: