ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން ބޭނުންވީ ބިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމެންޓެއް ކުރި އަބްދުއްސަމަދު ހޮސްޕިޓަލް ދޫކޮލަން: ހަލީލް

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅައިދޭނެކަމަށް އިއުލާނުކޮށް ކުރީގެ ސަރުކާރުން ނިންމާފައި އޮތީ ބިލިއަނެއްހާ ރުފިޔާގެ އިންވެސްޓެމެންޓެއް ކުރި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިމާރާތް ދޫކޮށްލުމަށްކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން ސޮއި ކުރި ޓާޝަރީ ހޮސްޕިޓަލް އެއްބަސްވުމާއި ގުޅޭގޮތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ސުވާލު ކުރުމުން ޖަވާބުގައި މިނިސްޓަރ ވިދާޅުވީ އެގްރިމެންޓެއް އެކުލަވާލިކަމަށް ބުނެ އެމްޑީޕީން ދެއްކި މަންޒަރަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އެއީ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް ވޯޓު ހޯދުމަށް ބޭނުން ކުރި އުކުޅެއްކަމަށް ހަލީލް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ބުނެފައިވާ ގޮތަށް، ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅަން އެއްބަސްވުމެއްގައި ސޮއިކުރިތޯ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެއްސެވުމުން މިނިސްޓަރު ވިދާޅުވީ ”އެއީ އޮޅުވާލުމެއް“ ކަމަށެވެ. އެގްރިމެންޓެއް ހެދި ކަމަށް ބުނެ ރައްޔިތުންނަށް ދެއްކުމަކީ ރިޔާސީ އިންތިހާބާ ދިމާކޮށް ހިންގި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި، ރިޔާސީ އިންތިހާބަށް ގާތްވެފައި ވަނިކޮށް މިދިޔަ އަހަރުގެ އޮގަސްޓު މަހު ތިނަދޫއާއި ހދ. ކުޅުދުއްފުށީގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމު ކުރުމަށް އެމްއޯޔޫއެއްގައި ސޮއި ކުރީ 38 މިލިއަން ޑޮލަރަށެވެ. ހަލީލް ވިދާޅުވީ އެއީ ތަފްސީލީ މައުލޫމާތު ހޯދައި ކުރެހުންތައް ތައްޔާރުކޮށް އަގު ކަނޑައަޅައި އެބައި ނިންމުމުގެ ގޮތުން ގާއިމު ކުރި އެއްބަސްވުމެއް ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ޕްލޭނެއްގެ ގޮތުގައި އޮތީ އާ އިމާރާތެއް އަޅައި އެތަން ދޫކޮށްލުންކަމުގައި ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ މިނިސްޓްރީއަށް ފާހަގަކުރެވުނީ މިހާރު ހުރި ފެސިލިޓީއަކީ ބިލަނެއްހާ ރުފިޔާ ހަރަދު ކުރެވިފައި ހުރި ތަނަކަށްވާއިރު، އާ ތަނަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތްތޯ ހަލީލް ސުވާލު އުފެއްދެވި އެވެ. އައު އިމާރާތެއް އެޅުމަށްޓަކައި ކުރެހުންތައް ތައްޔާރުކޮށްފައި ހުރި ނަމަވެސް ކުރީ އިމާރާތުގައި ވަރަށް ފަހުން ގާއިމު ކުރި ހިދުމަތްތައް ވެސް އެބަހުރިކަމަށެވެ. އަދި އަބްދުއްސަމަދު ހޮސްޕިޓަލުގައި ވަރަށް ފަހުން އިމަރާތްކޮށް ނިމިފައި ހުރި ބައިތަކެއް ހުރުމާއި އެކު އަނެއްކާ އެތައް މިލިއަނަކުން ފައިސާ ހަރަދުކޮށް އައު އިމާރާތަކަށް ދާނީތޯ ވިސްނާލުން މުހިންމުކަމަށް ހަލީލް ވިދާޅުވި އެވެ.

ކަންބޮޑުވުމަކީ އެއީ ވެސް ރައްޔިތުންނަށް އޮޅޭ ގޮތަށްކޮށްފައި އޮތް ކަމެއް… އޮތީ އެމްއޯޔޫގައި ސޮއިކޮށްފައި.. އެމްއޯޔޫއަކީ.. އޭގައި ސޮއިކުރުމަށް ފަހު ތަފްސީލީ މައުލޫމާތު ހޯދައި އޭގެ މައްޗަށް ކުރެހުންތައް ތައްޔާރު ކުރަމުން ދަނީ އާންމުކޮށް.. ބަހައްޓާނީ ކޮން ހިދުމަތްތަކެއްތޯ… އަގު ކިހާ ވަރަކަށް ދާނީތޯ… ކުރެހުން އޮންނާނީ ކޮން ގޮތަކަށްތޯ…. މި މަސައްކަތް ކުރުމަށްޓަކައި

މި ސަރުކާރުން ގޮތެއް ނިންމާނީ ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ފަހުކަމަށް ހަލީލް ވިދާޅުވި އެވެ. އަދި މިވަގުތު ކުރެހުމުގެ މަސައްކަތްތައް ދަނީ މިހާރު ހުރި ހޮސްޕިޓަލް ބޭނުން ކުރެވޭ ގޮތަށް ޓާޝަރީ ހޮސްޕިޓަލް ޑިޒައިން ކުރުމަށްކަމަށް ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރ ލަފާކުރެއްވި ގޮތުން، ފަނޑު ލިބި މި އަހަރުގެ ފަހުކޮޅު އެ މަސައްކަތް ފެށޭވަރުވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: