ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ފެށިއިރު އެކައުންޓުގައި ލައްކައެއް ހަމަ ނުވޭ، ނިމުނުއިރު 500 މިލިއަން: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ތިމާއަށް ނިސްބަތްވާ އެއްވެސް އެކައުންޓެއްގައި 1 ލައްކަ ރުފިޔާ ހަމަނުވާ ބޭފުޅަކު 5 އަހަރު ފަހުން ވެރިކަމުން ފޭބިއިރު 400 ނުވަތަ 500 މިލިއަނުން އެ އެކައުންޓުގައި ލާރިހުރީ ކޮންތަނަކުން ހޯދި ފައިސާ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު އުފައްދަވައިފި އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްރުއްރަހީމް ވަނީ ރައީސް ޔާމީން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން އަބްދުއްރަހީމަށް އެހާ ބައިވަރު ފައިސާ ލިބުނީ ކިހިނެއްތޯ އާއި އެއީ ބަލަން ޖެހޭ މައްސަލައެއް ކަމަށް ޔާމީން ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވިއެވެ.

އަބްދުއްރަހީމް ވަނީ ރައީސް ޔާމީން އެދިވަޑައިގަތް ގޮތަށް އެ މައްސަލަ ބައްލަވަން މިނިވަން ކޮމިޓީއެއް ނަންގަވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވާފައެވެ.

”އަޅުގަނޑު މިހުރީ ޖަވާބުދާރީވާން ތައްޔާރަށް. އެކަމަކު ހަމަ އެހެން ކޮމެޓީއެއް ހައްދަވަން ވާނެ. ހަދާފަ އެކޮމެޓީގެ ޗެއާއަކަށް ލާންވާނީ އަޅުގަނޑު. ދެން މެންބަރުންނަށް ލާންވާނީ އަޅުގަނޑު ބުނާ ބައެއް، އޭރުން އަޅުގަނޑު އެމްއެމްޕީއާރްސީގެ މައްސަލަ ބަލައިދޭނަން. ބަލައިފިއްޔާ ދެން ވާނެ ގޮތް އެނގިވަޑައިގަންނަވާނެ“

ވެރިކަމުން ފަބައިވަޑައިގެން އެކައުންޓުގައި ހުރި ފައިސާ ހޯދީ ކިހިނެތްތޯ އާއި އަދި އެފައިސާގެ ތަފްސީލު ރައްޔިތުންނަށް ދިނުމަށް އަބްދުއްރަހީމް ވަނީ ގޮވާލައްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ކޯޓުގައި ވިދާޅުވީ އެއީ ސިޔާސީ މަސައްކަތައް ލިބުނު ފައިސާކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އޮތް ކަމަށާއި އަދި އެޕާޓީގެ އެކައުންޓުތައް ހުރި ކަމަށާއި އެހެންނަމަވެސް އެ އެކައުންޓުތަކަށް އެއްވެސް ފައިސާއެއް ނުވަންނަ ކަމަށެވެ.

”އެހެންވީމަ ކުރީރޭ ވެސް އަޅުގަނޑު ދެންނެވިން ކުޅަނދުރު ހަތަޔަކަށް އޮއްގާ ލާން ނަހަދާށޭ. އެއީ ވަރަށް ގޯސްކަމަކޭ“

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ވަގަށްގޮވީވެސް ގާތުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި ރައީސް ޔާމީން ބާރު ސްޕީޑުގައި މި ރާއްޖެއަށް ގެނައީ ކޮރަޕްޝަނާއި ފަސާދަ ކަމަށާއި، ވައްކަމާ ހިޔާނާތް ކަމަށް ވިދާޅުވީ ޑރ. ޖަމީލު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: