ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު އަސާސީއަށް 16 އަހަރު ފުރުން، އަބްދުލްރަހީމް ވިދާޅުވީ ހައްގުތައް ކަށަވަރުކޮށްދެއްވާ، ޒިންމާ އަދާ ކުރައްވާނެކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

ގަނޫނު އަސާސީއަށް 16 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބާގައި ދެއްކެވި ވާހަކައިގައި ހައްގުތައް ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ދެއްވައިފިއެވެ.

ޖަލްސާ ފެއްޓެވުމަށްފަހު ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި އަބްދުލްރަހީމް ވިދާޅުވީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ކަށަވަރުކުރުމަށް މަޖިލީހުގެ ޒިންމާ ފުރިހަމައަށް އަދާ ކުރާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި ގާނޫނުން މަޖިލީހާ މަތިކޮށްފައިވާ ވާޖިބުތައް ފުރިހަމަށް އަދާކުރާނެކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން މުއައްސަސާތައް ޖަވާބުދާރީކުރުވާނެކަމަށް ފާހަގަކުރެއްވިއެވެ.

ފެހި ގާނޫނު އަސާސީ އެކުލަވާލުމުގައި ހަރަކާތްތެރިވީ ހާއްސަ މަޖިލީހުގެ މެންބަރުންނަށް އަބްދުލްރަހީމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އޭރުގެ ހާއްސަ މަޖިލީހުގެ ރިޔާސަތު ބެއްލެވި މާމިގިލި ދާއިރާގެ މެންބަރު ގާސީމް އިބްރާހިމަށްވެސް އަބްދުލްރަހީމް ޝުކުރު ދެންނެވިއެވެ.

މިހާރު ރާއްޖޭގައި ފާހަގަކުރަމުން އަންނަ ގާނޫނު އަސަށީ އެކުލަވާލާ، ތަސްދީގު ކުރަން ފެށީ 2008 ވަނަ އަހަރުގެ އޮގަސްޓް 7 ގައެވެ. އޭރު ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމެވެ. މި ގާނޫނު އަސާސީ އަކީ އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް، ފެށި އިސްލާހީ މަސައްކަތެއްގެ ތެރެއިން އެކުލަވާލި ގނޫނު އަސާސީއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: