މަތީ ތައުލީމާއި ތަމްރީން ދޭ ގިނަ މަރުކަޒުތަކުން ހިންގާ ގިނަ ކޯސްތައް ސޯޝަލް މީޑިއާގައި އިސްތިހާރު ކުރަމުންދާތީ ކޯސްތައް އިސްތިހާރުކޮށްފައި ވަނީ އެމްކިއުއޭއިން ހުއްދަ ދީފައިވާ ގޮތަށްތޯ ކަށަވަރުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެމްކިއުއޭއިން ވަނީ ކޯސްތަކަށް ކިޔަވަން ފެށުމުގެ ކުރިން އެ އޮތޯރިޓީއިން މައުލޫމާތު ސާފު ކުރުމަށް އެދިފައެވެ.
ކިޔަވާ ދަރިވަރުން އެ ޕްރޮގްރާމަކަށް އެންރޯލްވުމުގެ ކުރިން، އެ ޕްރޮގްރާމް އިސްތިހާރު ކޮށްފައި ވަނީ އެމްކިއުއޭއިން ހުއްދަ ދީފައިވާ ގޮތަށްކަން ކަށަވަރުކޮށް، ކިޔެވުން ފެށުމުގެ ކުރިން އެ ޕްރޮގްރާމަކާ ބެހޭ މައުލޫމާތު ހޯދުމަށް މި އޮތޯރިޓީން އިލްތިމާސްކުރާކަމަށް ބުންޏެވެ.
އެމްކިއުއޭއިން ހުއްދަ ދީފައިވާ ކޯސްތަކުގެ ލިސްޓާއި އެހެނިހެން މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުގައި ހުންނާނެކަން ފާހަގަކުރިއެވެ.

