ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ ޖައިޝަންކަރު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަނީ!

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިއަމް ޖައިޝަންކަރު ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމަށް ކަނޑައެޅިފައިވާކަން ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން މިނިސްޓަރ ޖައިޝަންކަރު ރާއްޖެއަށް ޒިޔާރަތްކުރައްވާނީ އޮގަސްޓު މަހުގެ 9 ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ދަތުރަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ ދައުވަތަކަށް ކުރައްވާ ދަތުރެއްކަމަށްވެސް މައުލޫމާތު ދިފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން މި ދަތުރުގެ ތެރެއިން މިިނިސްޓަރ ޖައިޝަންކަރު ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެކަމަށެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރުއާއިއެކު ރަސްމީ ބައްދަލުވުންތައްވެސް ކުރިއަށް ގެންދާނެކަމަށް ހިއްސާކޮށްފައިވާއިރު، މި މަޝްވަރާތަކުގެ ތެރެއިން ދެ ގައުމުގެ ދެމެދު ކުރެވެމުންދާ ބައިލެޓަރަލް މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާ ވާހަކަތައް ކުރިއަށް ގެންދާނެކަމަށް ހާމަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން މަޝްވަރާތަކަށްފަހު އިންޑިއާގެ އެހީގެ ދަށުން ދިވެހިރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން ނިމިފައިވާކަންކަން އިފްތިތާހުކުރުުމަށްވެސް ކަނޑައެލިފައިވެއެވެ. އަދި ކެޕޭސިިޓީ ބިލްޑިންގް އާއި ކޮމާސް އަދި ވިޔަފާރީގެ ދާއިރާ އާއި ގުޅުން ހުރި އެމްއޯޔޫތަކެއްގައި ސޮއިކުރުމަށްވެސް ކަނޑައެޅިފައިވާކަމަށް ބުނެފައިވެއެވެ.

މި ދަތުރަކީ ދެވަނަ ދައުރަކަށް ބީޖޭޕީއަށް ވެރިކަން ދެމެހެއްޓުމުގައި ކާމިޔާބު ހާސިލުކުރެވުމުގެ ފަހުން ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: