ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި ބިލުތައް ފާސްވާނީ ސަރުކާރުން އެދޭ ގޮތަށް، 12 މެމްބަރުންނަށް ކުރެވޭނެ ކަމެއް ނެތް: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

12 މެމްބަރުންގެ އޮޕޮޒިންއެއް އޮތުމުން މަޖިލީހަށް ހުށައެޅޭ ބިލުތައް ފާސްވެގެންދާނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަރވިއުއްގައި ފައްޔާޒް ވިދާޅުވީ، ރާއްޖެއިންވަނީ ހުދުމުހުތާރު ވެރިކަމުގެ ދުވަސްތަކާއި ވަރަށް ބޮޑަށް ދުރަށް ގޮސްފައިކަމަށާއި، އެކަށީގެންވާ މިންވަރަށް މިނިވަންކަން ހާސިލުވެފައިވާކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ، މިހާރުގެ މަޖިލީހުގެ މަސައްކަތްތަކަށް ބަލާއިރު މިހާތަނަށް ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއެޅިގެންދާ ފަދަ އެއްވެސް އަމަލެއް ފާޅުކަން ބޮޑު ގޮތެއްގައި ހިންގާ މަންޒަރު ފެނިފައިނުވާކަމަށެވެ.

އެހެންނަމަވެސް މަޖިލީހުން ބިލުތަށް ފާސްކުރަމުންދާނީ ސަރުކާރުން އެދޭ ގޮތަށް ކަމަށާއި މަޖިލީހުގައި ތިބީ އޮޕޮޒިޝަން 12 މެމްބަރުންކަމަށްވުމުން 93 މެމްބަރުންގެ ޕާލިމެންޓެއްގައި ކުރެވޭނެ ކަމެއް ނޯންނާނެކަމަށް ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބިލުތައް ފާސްކުރުމުގެ މަސައްކަތްތަކުގައި އެމްޑީޕީއަށް ފޯރުވޭނެ ބާރެއް ނެތްކަމަށާއި އިދިކޮޅުގެ ބަސް އިއްވުމަށް ލިބިގެންދަނީ މަދު ވަގުތުތަކެއްކަމަށެވެ. އެހެންނަމަވެސް ވަގުތު ކަނޑައަޅާފައިވަނީ އިންސާފުވެރި ގޮތަކަށް ކަމަށް އިޝާރާތްކުރެއްވިއެވެ.

އެހެންކަމުން މެމްބަރުން މަދު ނަމަވެސް އޮޕޮޒިޝަންއަށް އިތުރަށް ވަގުތު ދިނުމަކީ ކުރިއަށް އޮތްތާނގައި ހަމަޖެއްސުން ރަނގަޅު އިންތިޒާމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް މައުލޫމާތު ދެއްވިއެވެ. އަދި ޑިމޮކްރެސީގެ ބާރުވެރިކަން ދެމެހެއްޓި ފައްކާވެގެންދާނީވެސް އެ މަގުން އަމަލުކޮށްގެންކަމަށް ސިފަކުރެއްވިއެވެ. ފައްޔާޒް ވިދާޅުވީ، މިހާތަނަށް މާ ބޮޑެތި މައްސަލަތަކެއް ސަރުކާރުގެ ހިންގުންތެރިކަމުގައި ފާހަގަނުކުރެވޭކަމަށާއި އެހެންނަމަވެސް ކަންބޮޑުވާ ބައެއް ކަންކަން ފެނިގެންދާކަމަށާއި ބަސް ބުނުމުގެ މިނިވަންކަމުގެ ހައްގު ހަނިވެގެންދާފަދަ ބައެއް ކަންކަންވެސް ހިމެނޭކަމަށް ހިއްސާކުރެއްވިއެވެ.

އެގޮތުން އެންމެ ފުރަތަމަ ސަރުކާރުން ކުރި ކަމަކީ ބައެއް ނޫސް ވެބްސައިޓުތައް ބްލޮކް ކުރުން ކަމަށް ވިދާޅުވިއިރު ފައްޔާޒްވަނީ މިވަގުތަށް އިތުރު އެފަދަ ކަމެއް ފެނިގެން ނުދާކަމަށްވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް ބާރުތައް އެއްކުރުމާއި ދިމާލަށް ސަރުކާރުގެ މިސްރާބު ހުރިކަން ވަރަށް ބޮޑަށް ފެނިގެންދާކަމަށާއި ރާއްޖޭގޭ ގާނޫނުއަސާސީ އާއި އެމްޑީޕީއިން ވަކާލާތުކުރަނީ ލާމަރުކަޒީ އުސޫލަށާއި ބާރުތައް ވަކިވެފައި އޮތުމަށްކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެއީ އެމްޑީޕީއިން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއްކަމަށާއި ސަރުކާރުން ކުރިއަށް އޮތް ތާނގައި ކައުންސިލަރުންގެ އަދަދުތައް މަދުކޮށް ބާރުތައް ހަނިކުރުމަށް ވިސްނަމުންދާކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު ރާއްޖޭގައި އޮތް ލާމަރުޒަކީ ނިޒާމުން ރަށްތަކާއި ކައުންސިލުތައް ވަރަށް ބޮޑަށް ބާރުވެރިވެފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: