ކުރިޔަށް އޮތް ތިން ދުވަހު މާލެއަށް އެއް މަސް ދުވަހުގެ ވާރޭ ވެހުން އެކަށީގެންވާކަމަށް އަލްޖަޒީރާގެ އިންޓަނޭޝަނަލް ވެދަ ފޯކާސްޓިން ރިޕޯޓިންގައި ބުނެފި އެވެ،
އަލްޖަޒީރާގެ ރިޕޯޓުގައި ބުނީ މާލެއަށް ކުރިޔަށް އޮތް 72 ގަޑިއިރުގެ ތެރޭގައި އެއް މަސް ދުވަހުގެ ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.
މި ހަފްތާގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން ވަނީ އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ށ އަތޮޅާއި ހަމައަށް އޮރެންޖެ އެލާޓް ވެސް ނެރެފަ އެވެ. އޮރެންޖު އެލާޓް ނެރެނީ ގަޑިއިރެއްގެ ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި ގަޑިއަކު 63 މޭލަށް ވައިގަދަވުމުންނެވެ.

