ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ އެއްވެސް މިސްރާބެއް، އަމާޒެއް ނެތި ހިންގަމުން ދާ ސަރުކާރެއް: ޝައުނާ

އެމްޑީޕީ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ކުރީގެ އެންވައިރޮމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވާހަކަ ދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރު ހިނގަމުން ދަނީ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށްވި ވައުދުތަކާއި ހިލާފަށް އެއްވެސް މިސްރާބަކާއި އަސާސެއް ނެތިކަމަށް ކުރީގެ އެންވައިރޮމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ސިލްސިލާކޮށް ކޮންމެ ހަފްތާއަކު ވެސް ކުރިޔަށް ގެންދާ ހަވަރު ބެރު – ޕެނަލް ޑިސްކަޝަންގައި މިރޭ ޝައުނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ވެރިކަމަށް އައުމަށް މި ސަރުކާރުން ވަރަށް ގިނަ ހުވަފެން ރައްޔިތުންނަށް ދެއްކިކަމަށެވެ. އެހެން ނަމަވެސް ހަގީގަތަކީ ދެއްކެވި އެއްވެސް ވާހަކައެއް ތަންފީޒު ކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި، އެ ވަސީލަތްތައް ވެސް ސަރުކާރުގައި ހޯދޭނެ ފެންވަރު ނެތުންކަމަށް ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ ރިޔާސީ އިންތިހާބު ގާތްވަމުން ދިޔަވަރަކަށް، ރާއްޖޭގައި އިންޑިއާގެ ސިފައިން އެބަތިބިކަމަށް ބުނެ އަޑުއުފުލުން ގިނަ ކުރިކަމަށެވެ. އެއަށް ފަހު އެ ގައުމުގެ ނުފޫޒާއި ބާރުގެ ވާހަކަތައް ދައްކަވައި ވައުދުވީ، ރާއްޖެއާއި އިންޑިއާ ދެމެދު އެކުލަވާލި އެއްބަސްވުންތައް ހާމަކުރުން ނަމަވެސް މިވީ އަށް މަސް ދުވަހުގެ ތެރޭގައި އެކަމަށް ކުރީ ކީއްތޯ ޝައުނާ ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ އަމަލުތަކުން ވެސް އެނގޭ ގޮތުން އެއީ ރިޔާސީ އިންތިހާބަށް ދެއްކެވި ހުސް ވާހަކަތެކެވެ.

ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެންމެ ބޮޑުކޮށް، އެންމެ ހަރު އަޑުން ދެއްކީ އިންޑިއާ އައުޓްގެ ވާހަކަ.. އެ ސިޔާސަތު ވެސް އެގޮތް މިގޮތަށްވެ، މުޅިން ދޮގު ވާހަކަތަކެއް ސަރުކާރުން ހަގީގަތުގައި ރައްޔިތުންނާ ހަމައަށް ގެނެސްދެމުން މި އަންނަނީ…

ސިޔާސީ މަގާމުތަކުގެ އަދަދު އެމްޑީޕީގައި ގިނަކަމަށް ވިދާޅުވެ، މި ސަރުކާރުން ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނަ ނުކުރާނެކަމަށް ވިދާޅުވުމަށް ފަހު އެއަށް ވުރެ އެތައް ގުނައެއް އަދަދު އިތުރުކޮށްފައިވާކަން ޝައުނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މި ސަރުކާރުން އެ ވެސް ސިއްރެއްގެ ގޮތުގައި ހަދައި މައުލޫމާތުތައް ހާމަކުރަން ދެކޮޅު ހަދަމުން ގެންދާކަމަށެވެ.

ދެވަނައަށް ދެއްކެވި ވާހަކައަކީ އަޅުގަނޑުމެން އެމްޑީޕީގެ ސަރުކާރުގައި، ގައުމުތަކާއި ދޭތެރޭވެފައި ހުރި އެގްރިމަންޓުތައް އާންމު ކުރުން އެކަމެއް ވެސް ނުކުރެވޭ.. ތިންވަނަކަމަކަށް ދެއްކެވީ 700 އަށް ވުރެ ސިޔާސީ މުވައްޒަފުންނަށް ވުރެ ގިނަ ނުކުރައްވާނެކަމަށް..

ޝައުނާ ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ދެހާހަށް ވުރެ މަތިވާނެކަން ފެންނަން ހުރި މައުލޫމާތުތަކުން އެނގޭ ކަމަށެވެ. އެއާއި އެކު ސިޔާސީ މުވައްޒަފުންނަށް ކުރާ ހޭދައިގެ އިންސައްތަ ކުރިޔާ އަޅާބަލައި ވަރަށް ބޮޑުތަނުން އިތުރުކަން ފެންނަން އެބަހުރިކަމަށް ވިދާޅުވި އެވެ.

ސަރުކާރުން މާލީ އެއްވެސް މައުލޫމާތެއް ހާމަ ނުކުރާކަމުގެ ތުހުމަތު ކުރައްވައި ޝައުނާ ވިދާޅުވީ، އެ މައުލޫމާތު އާންމު ނުކުރަނީ ސަރުކާރުގެ އަސްލު ހޭދަތައް އެނގޭނެތީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: