ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނާ ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން ތުރުކީއާއިއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ފެނާ ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން ތުރުކީއާއިއެކު އެމްއޯޔޫއެއްގައި ސޮއިކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީކުރުމަށްޓަކައި ތުރުކީގެ އިސްތަންބޫލުގެ ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންއާއެކީ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ތޯރިގު އިބްރާހިމެވެ. ތުރުކީ ސަރުކާރުގެ ފަރާތުން ސޮއިކުރީ އިސްތަންބޫލުގެ ވޯޓާ އެންޑް ސްވްރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ. އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ އޮންލައިންކޮށެވެ.

މި އެމްއޯޔޫއާއި ގުޅިގެން އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މިއީ ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ވެވުނު އެމްއޯޔޫއެއް ކަމަށެވެ.

މި އެމްއޯޔޫގެ ދަށުން ފެނާއި ނަރުދަމާ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރެވޭނެކަމަށް މައުލޫމާތުދިނެވެ. އަދި މި އެމްއޯޔޫގެ ދަށުން މީހުން ބިނާކުރަން ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެކަމަށް ބުންޏެވެ.

ދާއިރާއާ ގުޅޭ ބައިނަލް އަގުވާމީ ކޮންފަރަންސްތަކުގައި ދެ ގައުމުން ގުޅިގެން ބައިވެރިވެ ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައްވެސް މި އެމްއޯޔޫގެ ދަށުން ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ ސަބަބުން ފެނާއި ނަރުދަމާ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދެ ގައުމު ދެމެދުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށް މިނިސްޓްރީއިން ގަބޫލުކުރެއެވެ.

މި އެއްބަސްވުމުގައި ތުރުކީގެ ފަރާތުން ސޮއި ކުރި އިސްތަންބޫލުގެ ވޯޓާ އެންޑް ސްވަރޭޖް އެޑްމިނިސްޓްރޭޝަނަކީ ތުރުކީގެ އެންމެ އާބާދީ ބޮޑު އިސްތަންބޫލުގެ ފެނާއި ނަރުދަމާގެ ކަންކަން ބަލަހައްޓަން 1981 ގައި އުފައްދާފައިވާ ދައުލަތުގެ އިދާރާއެކެވެ. އެ އިދާރާގެ މައިގަނޑު ޒިންމާއަކީ އިސްތަންބޫލަށް ސާފު ބޯފެން ފޯރުކޮށްދިނުމާއި ނަރުދަމާ ބެލަހެއްޓުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: