ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުހައްގު މުއްސަނދިކަން، މި މަންޒަރެއް ބަޔަކަށް ނުފެނޭ!

ބޭންކް މުވައްޒަފެއް ފައިސާ ގުނަނީ:/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަގާމުތައް އަދާކުރާ މީހާ، އަހަރު ދުވަސް ނުވަނީސް ގެންގުޅެމުން އައި ސައިކަލު އެއްލާލައި އެ ބަދަލު ކުރަނީ އެންމެ ފަހުގެ އަގުބޮޑު ކާރަކަށެވެ. ދިރިއުޅޭ ގެ ބަދަލުވެ، ދައުރު ނިންމާލަނީ އަމިއްލަ މިލްކިއްޔާތުގައި ހުންނަ އެޕާޓްމަންޓެއް ނުވަތަ ޕެންޓް ހައުސްއަކާއި އެކު އެވެ.

ސިޔާސީ މީހުން މުއްސަނދި ދިރިއުޅެއްގައި އުދުހި ފިޔަ ޖަހަމުން ދާ މައްސަލައިގައި އަޑުއުފުލައި ވާހަކަ ދެއްކުން ފިޔަވައި މިހާތަނަށް އެޅުނު ފިޔަވަޅެއް ވެސް ނެތީ އެވެ. އަދި ގާނޫނެއް ގެނެސްގެން އެ ގާނޫނު ހުސް ކަރުދާހަކަށް ދޫކޮށްގެން މިތިބީ ހަމަ އެންމެ މީހެއްގެ މައްޗަށް ވެސް ދައުވާކޮށްނުލެވި އެވެ.

ނުހައްގު މުއްސަނދިކަން ނުވަތަ އިލިސްޓް އެންރިޗްމަންޓަކީ ދައުލަތުގެ މުވައްޒަފެއް ނުވަތަ މަގާމެއްގައި ހުންނަ މީހަކަށް ލިބޭ އާމްދަނީއާއި ނުބައްދަލު ބޮޑު މުއްސަނދިކަމެއް ނުވަތަ މުދާވެރިކަމެއް އޭނާއަށް ލިބުމެވެ، މި ނިޒާމުގެ ބޭނުމަކީ އާމްދަނީއާއި ތިމާގެ ދިރިއުޅުމުގެ ހާލަތާއި ނުބައްދަލު ނުވަތަ ވަށައިގެންވާ ބައެއްގެ ދިރިއުޅުމާއި ނުބައްދަލު މުއްސަނދިކަމެއް ލިބިފައިވާ ބަޔަކު ޖަވާބުދާރީ ކުރުވުމެވެ.

ދޮވެހިރާއްޖޭގެ ގާނޫނުލްއުޤޫބާތުގައި ވާގޮތުން ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކު، އޭނާ އަދާކުރި ވަޒީފާގައި ލިބެމުންދިޔަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށް އެ ފެންވަރު ދަމަހައްޓާފައިވުން ކުށެއްގެ ގޮތުގައި ބެލެވިދާނެ އެވެ.

ގާނޫނުލްއުޤޫބާތުގެ 515 ވަނަ މާއްދާގައި ނުހައްގު މުއްސަނދިކަންކަމަށް ބެލެވޭ ހާލަތްތަކަށްކަމަށް ބުނެފައި ވަނީ ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީޙެއް، އޭނާ އަދާ ކުރި ވަޒީފާގައި ލިބެމުން ދިޔަ ނުވަތަ އަދާ ކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާއި ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ހުރުމެވެ. އަދި އެ މީހެއްގެ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފަރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދުމާއި މިލްކުވެރިކޮށް ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުމަކީ ވެސް ކުށެއްކަމަށް ބުނެ އެވެ.

އެއީ ކުށެއްކަމަށް ކަނޑައަޅޭނީ އެ މީހާގެ އާއިލާ ނުވަތަ ޒާތީ، ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައިވާ މުދަލަކީ ނުވަތަ ފައިސާއަކީ ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ، ޖިނާއީ ބޮޑު ކުށެއްގެ އަމަލުން ހޯދި ފައިސާއެއްކަމަށް ނުވަތަ މުދަލެއްކަމަށް ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއްކަމަށް ގަބޫލު ކުރުމަށް އެކަށީގެންވާ މިންވަރަކަކަށްކަން އެ މީހަކަށް ސާބިތުކޮށް ނުދެވޭނަމަ އެވެ.

ދައުލަތުގެ މުދާ ނުވަތަ ފައިސާ ބެލެހެއްޓުން ހަވާލުކުރެވިފައިވާ ނުވަތަ އެ މީހެއްގެ ހަވާލުގައި ދައުލަތުގެ މުދާ ނުވަތަ ފައިސާ ހުރި ދައުލަތުގެ މުވައްޒަފަކ،ު ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައ،ި ބޭނުން ކުރުން ވެސް ބެލެވޭނީ ނުހައްގު މުއްސަދިކަން ހުރި މީހެއްގެ ގޮތުގަ އެވެ.

ދައުވާ އުފުލާ މީހާގެ މައްޗަށް ދައުލަތުން ސާބިތު ކުރަން ޖެހެނީ، އެ މީހާ އަދާކުރާ ވަޒީފާއާއި ލިބޭ އާމްދަނީއާއި ނުބައްދަލު މުއްސަނދިކަމެއް ނުވަތަ މުދާވެރިކަން މިލްކިއްޔާތުގައި އެބަހުރިކަމަށެވެ. އަދި އެ މުދަލާއި ފައިސާ ލިބިފައި ވަނީ ރަނގަޅު ގޮތުގައިކަން ސާބިތުކޮށް ދޭން ޖެހޭނީ ތުހުމަތު ކުރެވޭ މީހާ އެވެ. މައްސަލަ ސާބިތުވުމުން، މުދަލާއި ފައިސާއަކީ އެއީ ނުހައްގުން ހޯދާފައިވާ އެއްޗެއްކަމަށް ކަނޑައަޅައި އެތަކެތި ދައުލަތަށް ނަގަންވީ އެވެ.

ދުނިޔޭގެ ގައުމުތަކުގައި ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް އަމަލު ކުރަމުން ދަނީ، ކޮރަޕްޝަން ހުއްޓުވުމަށް އެއީ ވަކި ކުށެއްގެ ގޮތުގައި ހަދައި ވަކި އުސޫލުތަކަކުން ސާބިތު ކުރެވޭ ގޮތަށެވެ.

ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ކޮރަޕްޝަންކަން އެންމެން ވެސް ގަބޫލު ކުރާނެ އެވެ. ކޮރަޕްޝަންގެ ސަބަބުން އިގްތިސާދީ، އިޖްތިމާޢީ އަދި ސިޔާސީ ހަމަޖެހުމާއި ކުރިއެރުމަށްވެސް އަސަރުކޮށް، ދައުލަތަށް މީހުން ކުރާ އިތުބާރު ކުޑަވެގެން ދެއެވެ.

ޖިނާއީ ޢަދުލުގެ ނިޒާމު އެކުލެވިގެންވަނީ ގިނަ އިދާރާތަކެއްގެ މައްޗައް ނަމަވެސް، މުޅި ނިޒާމު އެކީ މަސައްކަތް ކުރަން ޖެހޭތީ، މި ދާއިރާގެ އެންމެ ގުނަވަނެއްގައި ކޮރަޕްޝަންގެ ތުހުމަތު އޮތަސްވެސް މި މުޅި ނިޒާމަށް ރައްޔިތުންކުރާ އިތުބާރަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ އެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި، ބާރު ހުރި މީހުން ކޮރަޕްޝަންގެ އަމަލުތައް ހިންގުމުން ކިޔައި އުޅެނީ “ވައިޓް ކޮލާރ” ކްރައިމްއެވެ. އެ މީހުންނާއި ދުވަހަކު ވެސް ގާނޫނު އަރާ ހަމައެއް ނުކުރެ އެވެ. ވެރިކަމެއް ބަދަލުވެ ކޯޓަކަށް ދަމައި ނަގާފާނެ އެވެ. އޭގެ ފަހަތުން ދެން ހުންނަ މީހާ ނިކުމެ، އޭނާއަށް ހިމާޔާތް ދޭނެ އެވެ.

ގާނޫނީ އިމުގެ ތެރެއިން އަތް ލެވޭވަރަށް ވުރެ އެ މީހުން ބާރުގަަދަވުމުގެ ނަތީޖާއަކީ، މައްސަލައެއް ފެށޭ ބާރު މިނުގައި އޮއްބާލުމެވެ. ނުވަތަ ދިގުދައްމާލުމެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ނޫނަސް މީގެ ކުރިން ބޮޑު ހިޔާނާތްތަކުގެ މައްސަލަ ފަޅާއަރުވާލާފައި އެބަހުއްޓެވެ. އެފްޕީއައިޑީއާއި ހިޔާނާތުގެ މައްސަލައަކީ މީގެއިން އެއް މައްސަލަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: