ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަމާޒާއިމެދު ކުރީގެ ޑިފެންސް މިނިސްާޓަރު މާރިޔާ ދީދީ ސުވާލު އުފައްދަވައިފިއެވެ.
ގޭންގުތަކުގެ ޓެގު އަޅުވައި ޒުވާނުންގެ އަގުވައްޓާލަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ޑރ މުހައްމަދު މުއިއްޒު މީގެ އަހަރުތަކެއް ކުރިން ސޯޝަލްމީޑިއާގައި ކުރައްވާފައިވާ ޕޯސްޓަކަށް އަލިއަޅުއްވާ މާރިޔާވަނީ އެމަނިކުފާނުގެ ވެރިކަމުގައި ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ފާޑުވިދާޅުވެފައެވެ.
މާރިޔާ ވިދާޅުވީ، ސަރުކާރުން މިހާރު ހުށައަޅާފައިވާ ފަދަ ހަރުކަށި ގާނޫނެއް ރައީސް މުއިއްޒު ޕްރޮމޯޓްކުރައްވަމުންދާކަމަށްވުމުން ކުރިން ގެންގުޅުއްވީ ސްޓޭންޑުން ޔޫޓާރން އެއް ނެންގެވީ އެ ޕޯސްޓުގެ ސަބަބުން އެމަނިކުފާނަށް ވީ ކޮންކަމެއް ތޯ ހިތަށް އަރާކަމަށް ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުން ގެންދަނީ ”ތައްގަނޑު ގާޒީން“ ތަކެއް ހޯދަމުންކަމަށާއި އެއީ ހައްޔަރުކުރާ މީހުންނަށް ވާނުވާ ޖެހުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކެއް ކަމާއިމެދުވެސް ސުވާލު އުފެއްދެވިއެވެ.
މާރިޔާ ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ފަހަތުގައި ފެންނަ ވަރަށްވުރެވެސް ބިރުވެރި ސިޔާސީ މަގުސަދެއް އޮތްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. ޒުވާނުންވެސް ތިބީ އާދަޔާ ހިލާފަށް މަޑުމަޑުންކަމަށް އިޝާރާތްކުރެއްވިއެވެ. އެހެންކަމުން އަސްލު މި މަސައްކަތްތައް ކުރަމުންދަނީ ކާކު ހައްޔަރުކުރުމަށްތޯ ސުވުވާލު އުފެއްދެވިއިރު ސިޔާސީ ވާދަވެރިޔަކުތޯވެސް މާރިޔާވަނީ އައްސަވާފައެވެ. އަދި ހުށައަޅާފައިވާ ބިލު ނުހައްގުން މީހުން ހައްރުކޮށް ނުހިފެހެއްޓޭނެ ގޮތަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ރައްކައުތެރިކަމުގެ މާއްދާތަކާއި ފުށުއަރާކަމަށްވެސް ބުނެފައިވެއެވެ.

