ރައީސް ޑރ މުހައްމަދު މުއިއްޒު ނިޔާވެފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރުގެ (އޯކޭ ޒާހިރު) އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
ރާއްޖެއަށް އިގްތިސާދީ ކުރިއެރުން ގެނައުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ވިޔަފާރިވެރިޔާ ޒާހިރު ނިޔާވުމާއިއެކު ރައީސް ޑރ މުއިއްޒުވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.
ރައީސް ވިދާޅުވީ، ޒާހިރަކީ ރާއްޖޭގައި ކާރުހާނާ ހިންގަވައި، ގައުމެއްގެ އަމިއްލަ އުފެއްދުންތައް2 ބާޒާރަށް ނެރުއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޒާހިރުވަނީ އިގްތިސާދު ކުރެއްވުމުގެ ރޮނގުން ގައުމީ އިނާމުވެސް ހާސިލުކުރައްވާފައިކަމާއި ޒާހިރު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވާކަަމށެވެ. އަދި މަރްހޫމްގެ އާއިލާއަށް ތައުޒިޔާ އަދާކުރައްވާކަަމަށްވެސް ވިދާޅުވިއެވެ.

