ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއާއި ގުޅިގެން ކަރަންޓުގެ ހިދުމަތް ފުޅާ ކުރާނެ ބަޔަކު ހޯދަނީ

އެއްދުވަސް ތެރޭގައި 6000 އަށްވުރެ ގިނަ ޝަކުވާ ސްޓެލްކޯއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ގުޅިގެން ކަރަންޓުގެ ހިދުމަތްތައް ފުޅާކުރަން ޝަގުރުވެރިވާ ފަރާތްތައް ހޯދުމަށް އެ ކުންފުނިން އިއުލާނު ކޮށްފިއެވެ.

ސްޓެލްކޯއިން މިކަމާއި ގުޅިގެން ގެޒެޓްގައި ކުރި އިއުލާނުގައި މައިގަނޑު ހަތަރު ކަމަކަށް ޝަގުރުވެރިވާ ފަރާތްތައް ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.

ފުރުސަތު ހުޅުވާލި މަސައްކަތްތައް:

  1. ބިންމަތީގަ އާއި ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓު ދިނުމާއި މޫދާއި ކަނޑުމަތީގައި ގާއިމު ކުރާ ނިޒާމުތަކުން ކަރަންޓު ދޭން ޝައުވެރިވާ ފަރާތްތަކުން، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ނުވަތަ ހަކަތަ ވިއްކުމާ ބެހޭ އެއްބަސްވުމެއްގެ ދަށުން ސްޓެލްކޯ އަށް ކަރަންޓު ވިއްކުން.
  2. އިޔާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުން ހަރުދަނާ ކުރުމަށްޓަކައި ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމާއި އެނާޖީ މެނޭޖުމަންޓް ސިސްޓަމް ގާއިމުކޮށްދޭނެ ފަރާތްތަތަކަށް ފުރުސަތު ހުޅުވާލުން.
  3. ރަށްރަށުގައި އިންޖީނުގެ އެޅުމާއި ކަރަންޓް ވިއުގަ ގާއިމު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން.
  4. ސަބްސްޓޭޝަންތައް އިމާރާތްކުރުމާއި ސަބްސްޓޭޝަނަށް ބިމުގައި ވަޅުލާ ކޭބަލް އެޅުން.

މިކަންކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޑިސެމްބަރު 30، ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވެއެވެ.

މި މަސައްކަތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޝަލް ހުށައެޅުމުގެ ކުރިން، ޝައުގުވެރިކަން ފާޅުކުރުމާއި އިވެލުއޭޓް ކުރުމުގެ މަރުހަލާއެއް ކުރިއަށްދާނެކަމަށް ސްޓެލްކޯގެ އިއުލާނުގައިވެއެވެ.  އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އަގާމެދު މަޝްވަރާ ކުރާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: