ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޭމްތައް ހިންގާ އެކައުންޓުތައް ކޯޓު އަމުރެއް ނެތި ހިފެހެއްޓުމުން، ފައިސާގެ އަސްލު އޮޅުވުން ހުއްޓުވޭނެ: ކުޑޫ

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަކަރާއި ހީލަތުގެ މައްސަލަތަކުގައި ފައިސާ ދައުރު ކުރުން ހުއްޓުވުމަށް ބޭންކު އެކައުންޓުތައް ކޯޓު އަމުރަކާއި ނުލައި ހިފެހެއްޓުމުގެ ބާރު ދިނު ލިބިދޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުން ފައިސާގެ އަސްލު އޮޅުވާލުމުގެ ފުރުސަތު ކުޑަވެގެން ދާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރީ، މަކަރާއި ހީލަތުގެ މައްސަލަތަކުގައި ފައިސާ ދައުރު ކުރުން ހުއްޓުވުމަށް ބޭންކު އެކައުންޓުތައް ކޯޓު އަމުރަކާއި ނުލައި ހިފެހެއްޓުމުގެ ބާރު ދިނުމަށް މުހައްމަދު އިބްރާހިމް ހުށަހެޅި އިސްލާހުގެ ބަހުސް އެވެ. 

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހު ހުށަހަޅާފައި ވަނީ ސްކޭމްތައް ހުއްޓުވުމަށް މިފަދަ ގާނޫނީ ހައްލަކަށް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ވަނިކޮށެވެ. ސްކޭމްތަކުގެ މައްސަލައިގައި ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުން ބުނެފައި ވަނީ ޒަމާނަށް އަންނަ ބަދަލުތަކާއި އެކު ކުށްވެރިން ސްކޭމް ކުރުމުގައި ބޭނުން ކުރާ އުކުޅުތައް ވެސް ފުޅާކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި ގާނޫނީ ހައްލުތަކެއް ބޭނުންވާކަމަށް ފުލުހުން ވެސް ފާހަގަކޮށްފައި ވާތީ، މުހައްމަދު އިބްރާހިމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހު ހުށަހަޅާފައި ވަނީ ސްކޭމްތައް ހުއްޓުވުމަށް މިފަދަ ގާނޫނީ ހައްލަކަށް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ވަނިކޮށެވެ. ސްކޭމްތަކުގެ މައްސަލައިގައި ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުން ބުނެފައި ވަނީ ޒަމާނަށް އަންނަ ބަދަލުތަކާއި އެކު ކުށްވެރިން ސްކޭމް ކުރުމުގައި ބޭނުން ކުރާ އުކުޅުތައް ވެސް ފުޅާކޮށްފައިވާކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވައި، މުހައްމަދު އިބްރާހިމް ވިދާޅުވީ މިކަމަކީ ހައްލެއް ނުގެނައުމުގެ ސަބަބުން އޭގެ ގެއްލުން ރައްޔިތުންނަށް ކުރާނެ ސަބަބެއް ކަމަށެވެ. އެހެންކަމުން ސީދާ ގާނޫނަށް ގެންނަ ބަދަލުން، މި ފިޔަވަޅު އެޅުމަށް ގޮވާލައި މުހައްމަދު އިބްރާހިމް ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި ހިމެނޭ ބޭންކު އެކައުންޓުތައް ކޯޓު އަމުރަކާއި ނުލައި ހިފެހެއްޓޭނެ ގޮތެއް ބޭނުންވާކަމަށެވެ.

ސްކޭމްގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވާއިރު، މުހައްމަދު އިބްރާހިމް ވިދާޅުވީ ތަހުގީގު ކުރިޔަށް ނުގެންދެވޭކަމަށް ނުވަތަ ގެއްލުނު ފައިސާ ނުހޯދެނީ ފުލުހުން ބުނާ ގޮތުގައި ގާނޫނީ ދަތިތަކެއް ހުރުމުން ކަމަށެވެ.

މެމްބަރު ވިދާޅުވީ ގާނޫނު މިހާރު އޮތީ، ސްކޭމްގައި ބައިވެރިވާ ތިންވަނަ ފަރާތެއްގެ އެކައުންޓުގައި ވާ ފައިސާ ހިފެހެއްޓޭ ގޮތަށް ނޫންކަމަށެވެ.

އެގޮތުން ޖިނާއި އިޖުރާއަތުގެ ގާނޫނު މިހާރު އޮތް ގޮތަށް ބަލާއިރު، ކުށް ކުރާކަމަށް ބެލެވިގެން އެކަމުގައި ބައިވެރިވާ ފަރާތްތަކުގެ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދުމުގެ ފުރުސަތު އޮތް ނަމަވެސް.. ކުށް ކުރުމަށް ބޭނުން ކުރާ ތިންވަނަ ފަރާތުގެ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމުގެ ފުރުސަތެއް ނޯވޭ… އެހެންކަމުން މި އިސްލާހު މިގޮތަށް ހުށަހަޅާ ސަބަބަކީ، ސްކޭމްގެ މައްސަލަތައް އާންމުވަމުންދާ ނިސްބަތަށް ބަލާއިރު މިއީ ރައްޔިތުންނަށް ގިނަ ގެއްލުންތަކެއް ލިބެމުންދާ މައްސަލައަކަށް ވާތީ

މެމްބަރު ވިދާޅުވީ މި އިސްލާހު ގެނައުމުގެ ކޯޓު އަމުރު ނެރުމަށް ހޭދަވާ ވަގުތު ހައްލު ކުރެވި، ފައިސާގެ އަސްލު އޮޅުވާލުމުގެ ފުރުސަތު ކުޑަކުރެވިގެން ދާނެކަމަށެވެ.

ޖިނާއީ ބޮޑު ކުށެއް ފާހަގަވެ އެ އެކައުންޓުގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އެދި ކޯޓު އަމުރަކަށް އެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވީ ނަމަވެސް ބަޔާން ކުރާ ކުށްތަކުގެ ތެރޭގައި ސްކޭމް ނުހިމެނެ އެވެ. އެހެންވެ، އިސްލާހުގައި ވަނީ މަކަރާއި ހީލަކުން އޮޅުވާލައިގެން އެކައުންޓުގެ ވެރިފަރާތަށް ނޭނގި ފައިސާ އޮޅުވާލައިގެން ނަގަމުންދާ ނަމަ މައްސަލަތަކުގައި ކޯޓު އަމުރެއް ހޯދުމުގެ ބާރު ހިމެނުމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި މިހާރު ބުނާ ގޮތުން ތިން ހާލަތެއްގައި ބޭންކު އެކައުންޓާއި އެ އެކައުންޓުން ކުރާ މުއާމަލާތްތައް މޮނީޓާރ ކުރުމަށް ކޯޓު އަމުރަކަށް އެދުމުގެ ބާރު ފުލުހަށް ލިބިގެންވެ އެވެ. ސްކޭމްގެ މައްސަލައެއްގައި ހިމެނޭ އެކައުންޓެއް ހިފެހެއްޓުމަށް ކޯޓު އަމުރެއް ނުރުމަށް ހޭދަވާ ވަގުތުގެ ތެރޭގައި އެކައުންޓުގައިވާ ފައިސާ ނުވަތަ ޓްރާންސްފާ ކުރި އެކައުންޓުތަކުގެ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތް ކުރުން ހުއްޓުވުމުގެ އަމުރެއް ފުލުހުންނަށް ނެރެވިދާނެ އެވެ.

އެކަމަކު އެ އަމުރެއް ނެރެވޭނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުތަކުން ފެށިގެން މަތީ އޮފިސަރަކަށެވެ. އަދި އެ އަމުރެއް ލަސްނުކޮށް އެ އެކައުންޓު ހުޅުވާފައިވާ ބޭންކު ނުވަތަ އިދާރާއަށާއި، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އަންގަންވާނެކަމަށް ބުނެފައި ވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: