ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ވަން ޗައިނާ“ ގެ ސިޔާސަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރޭ: އަބްދުއްރަހީމް

2024 އިންޓަރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް" ގައި ބައިވެރިވެ ވަޑައިގަތުމަށް އަބްދުލްރަހީމް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ އިން ގެންގުޅޭ ”ވަން ޗައިނާ“ ގެ ސިޔާސަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ”2024 އިންޓަރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް“ ގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި ދެމެދު 1972 ވަަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރުމަށްފަހު ދެ ގައުމުގެ ދެމެދުގައި އޮތީ ވަރަށް ހަރުދަނާ ގުޅުމެއްކަމަށެވެ. މި ގުޅުން ޒަމާންވީ ގުޅުމެއްގެ ގޮތުގައި ދެމިއޮތީ ޗައިނާ އިން ގެންގުޅޭ ”ވަން ޗައިނާ“ ގެ ސިޔާސަތު ރާއްޖެއިން ފުރިހަމައަށް ގަބޫލުކުރާތީކަމަށް ވިދާޅުވިއެވެ.

މި ގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖެއިން ބޭނުންވާކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. މި ގުޅުމުގެ ތެރެއިން ޗައިނާއިން ގެންދަނީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން ކަމަށް ވިދާޅުވެ އަބްދުލްރަހީމް ފާހަގަކުރެއްވީ، ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުން ފަދަ ބިޔަ މަޝްރޫއުތަކެވެ.

އަބްދުލްރަހީމްގެ ވާހަކަގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރަކީ ކާމިޔާބު ދަތުރެއްކަމަށް ފާހަގަކުރެއްވިއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: