ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަގުހުރި ހަދިޔާތަކާއިއެކު ލިންކްސާވުން ލޯޔަލްޓީ ޕްރޮގްރާމެއް!

ލިންކާވް ލޯޔަލްޓީ ޕްރޮގްރާމް: ފޮޓޯ/ ލިންކުސާވް
ޝެއާރކޮށްލާ ކަހަލަދޯ؟

ލިންސާވުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އަގު ހުރި ހަދިޔާތައް ލިބުމުގެ ފުރުސަތު އޮތް ލޯޔަލްޓީ ޕްރޮގްރާމެއް ފަށައިފިއެވެ.

ލިންކްސާވުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެ ކުންފުނީގެ ކޮންމެ ފިހާރައަކުން ވިޔަފާރިކުރެއްވިޔަސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އަދި ވެބްސައިޓު މެދުވެރިކޮށް ވިޔަފާރިކުރެއްވުމުންވެސް ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކަން ހިއްސާކޮށްފައިވާއިރު ޕްރޮގްރާމް މެދުވެރިކޮށް އަގުހުރި ހަދިޔާތައް ހޯދޭނެކަމަށް ބުނެފައިވެއެވެ.

ލިންކްސާވްއިން ބުނެފައިވާގޮތުން އައު ލޯޔަލްޓީ ޕްރޮގްރާމްގެ ދަށުން ވިޔަފާރިކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް ހަރަދުކުރައްވާ ކޮންމެ 100 ރުފިޔާއަކަށް ފަސް ޕޮއިންޓު ލިބޭނެކަމަށެވެ. އަދި އެ ރިވޯޑް ޕޮއިންޓުތައް ބޭނުންކުރައްވައިގެން ކަނޑައެޅިފައިވާ ހާއްސަ ހަދިޔާތައް ހޯދޭނެކަމަށް ބުނެފައިވެއެވެ.

އެގޮތުން 75 ޕޮއިންޓު ހަމަވުމުން ވަކި ހަދިޔާތަކެއް ލިބިގެންދާނެކަމަށް ބުނެފައިވާއިރު 500 ޕޮއިންޓުގައި އެހެން ހަދިޔާތަކެއް ހޯދޭނެކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ހޯދޭނެ އެންމެ އަގުހުރި ހަދިޔާއަކީ އެމްއެސްއައި ބްރޭންޑުގެ ލެޕްޓޮޕެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: