ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއުމިނުން ވާންޖެހޭނީ ސިއްރާ ފާޅުގަވެސް ޢަމަލުތައް ސީދާކުރަން މަސައްކަތް ކުރާ ބަޔަކަށް: ހުތުބާ

ހުކުރު ހުތުބާގެ ތެރެއިން: ފޮޓޯ/ ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މުއުމިނުން ވާންޖެހޭނީ، ސިއްރާއި ފާޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ޓަކައި، ކޮންމެ މީހަކާއެކު މާތް ﷲ މަލާއިކަތުން ލައްވައިފައިވާކަން ދަނެ، ޢަމަލުތައް ސީދާކޮށް އަށް ތަޤްވާވެރިވާ ބަޔަކަށް ކަމަށް ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށާ މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ ގޮތަށް ކަމަށެވެ.  

މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބަޔެއް ނޫނެވެ ކަން ފާހަގަކޮށް ޚުތުބާގަ ބުނީ ކާފިރުވީ މީހުންގެ ތެރޭގައި މަލާއިކަތުންނާ މެދު ނުބައި ޤަބޫލުކުރުންތަކެއް ފެތުރިފައި ވާކަމަށެވެ. އޭގެތެރޭގައި މަލާއިކަތުންނަކީ އަންހެން ޖިންސުގެ ބައެއް ކަމުގައި ގަބޫލު ކުރުމާ އެއީ ﷲ ގެ އަންހެން ދަރީންކަމުގައި ވެސް ޔަހޫދީންނާއި މުޝްރިކުން ބުނާ ކަމަށެވެ.  

 އެންގެވިކަމެއް މަލާއިކަތުން ކުރައްވާނެތެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.މާނައީ: އޭ إيمان ވެއްޖެމީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކާއި، ތިޔަބައިމީހުންގެ أهلވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكةން ވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمرއަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދިއެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.

މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަޚްލޫޤުން ކަމުގައި ނުވިޔަސް، ﷲ ގެ އިޛުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. 

ޚުތުބާގައި ބުނީ ބައެއް މީހުންނަށް ﷲ ލަޢުނަތްލެއްވި އިބިލީހާ މެދު ކުށްހީއެއް ކުރެވޭ ކަމަށެވެ. އެއީ އިބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރާ ހީކުރުން ކަމަަށެވެ. ކީރިތި ޤުރްއާނުގެ ނައްޞުން ސާފުކޮށް އެނގޭ ގޮތުގައި، އިބިލީހަކީ ޖިންނިއެއްކަން ފާހަގަކޮށްފައިވެއެވެ.

މަލާއިކަތުންނަށް އީމާންވުމުގެ ތެރޭގައި އެބޭކަލުން ހައްދަވައިފައިވަނީ ނޫރުންކަން ޤަބޫލުކުރުން ހިމެނެއެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. {މާނައީ: ”މާތް اللَّه މަލާއިކަތުން ހެއްދެވީ ނޫރުންނެވެ. އަދި ޖިންނީން ހެއްދެވީ ދުންނާރާ އަލިފާނުންނެވެ. އަދި އާދަމުގެފާނު ހެއްދެވީ ތިޔަބައިމީހުންނަށް ސިފަކޮށްދެވިފައިވާ ފަދައިންނެވެ. (އެބަހީ: ފެނާއި މަށީންނެވެ.)

މަލާއިކަތުންނަކީ މާތް އަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބަޔެއްކަން ފާހަގަކޮށް ޚުތުބާގަ ބުނީ މަލާއިކަތުންގެ ޢަދަދު ފިޔަވައި އެއްވެސް މަޚުލޫޤަކަށް ނޭނގޭނެއެ ކަމަށެވެ  

މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ.މާނައީ: ”އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ لشكرގެ عدد، އެކަލާނގެ މެނުވީދެނެވޮޑިގެން ނުވެތެވެ.

ޢަރުޝި އުފުއްލެވުމަށް މަލާއިކަތުންވެއެވެ. ނަރަކަޔާއި ސުވަރުގެއަށް މަލާއިކަތުން ކަނޑައަޅުއްވައިފައިވެއެވެ. ޖިބްރީލުގެފާނަކީ ވަޙީގެ މަލާއިކަތާއެވެ. އޭގެ އިތުރަށް ޤިޔާމަތް ދުވަހު ތާޅަފިލި ފުމެލެއްވުމާއި، މަޚްލޫޤުންގެ މަރުހިއްޕެވުމަށް މަލާއިކަތުންވެއެވެ. އަށް ކިޔަމަންގަނެ އަޅުކަންކޮށް، ޤުރްއާން ކިޔަވައި، ހަނދުމަކުރާ މީހުންނަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކުރައްވާ މަލާއިކަތުންވެއެވެ. މީސްތަކުންގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުންވެއެވެ. 

އެހެންކަމުން މުއުމިނުން ވާންޖެހޭނީ، ސިއްރާއި ފާޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ޓަކައި، ކޮންމެ މީހަކާއެކު މާތް ﷲ މަލާއިކަތުން ލައްވައިފައިވާކަން ދަނެ، ޢަމަލުތައް ސީދާކޮށް އަށް ތަޤްވާވެރިވާ ބަޔަކަށް ކަމަށް ޚުތުބާގައި ބުންޏެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: