ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވައިދާ ހިލާފަށް ސެލޫން ހިންގާތީ، ސުޒޫ ވެސް ޑީޕޯޓު!

ސުޒޫ ބިއުޓީ ސެލޫންގެ ނަމުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ، ސުޝްމިތާ ދައުގޯދާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޒޫ ބިއުޓީ ސެލޫންގެ ނަމުގައި ގަވައިދާ ހިލާފަށް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން ދިޔަ ސުޝްމިތާ ދައުގޯދާ (ސުޒޫ) ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލައިފި އެވެ.

ގަވައިދާއި ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގައި މީގެ ކުރިން އަތުލައިގެންފައި ވަނީ އެއްވެސް ސާފުތާހިރުކަމެއް ނެތި ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުން ދިޔަ މީހުންނެވެ.

ގިނަ މައްސަލަތަކެއް ފެންމަތި ކުރުވި މި އޮޕަރޭޝަނާއި އެކު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ސުވާލު ވަނީ އުފެދިފަ އެވެ. އަދި ކާބޯތަކެތީގެ މައްސަލަތަކުގައި އަލަށް އަމަލު ކުރަން ފެށި ގާނޫނުގެ ދަށުން ހެލްތް މިނިސްޓްރީ ވެސް ހަރަކާތްތެރިވަމުން ދާނެ އެވެ.

ބިދޭސީންގެ މައްސަލަތައް ރިޕޯޓު ކުރުމަށް އިމިގްރޭޝަނުން ތައާރަފު ކުރި، ޕޯޓަލްއަށް ގިނަ މައްސަލަތަކެއް ލިބި ވަސީލަތްތައް ހުރި މިންވަރަކުން އެތަންތަން މޮނީޓަރ ކުރަމުން ދާކަމަށް އެ މުވައްސަސާއިން ވަނީ ބުނެފަ އެވެ. އަދި ވަނީ އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓަކަށް މަޝްހޫރު ރިޓްޒް ބިއުޓީ ސެލޫން ބަލައި ފާސްކޮށް އެ ވިޔަފާރި ހިންގަމުން އައި ރަޖަނީ ޝްރެސްތާ (ރިޓްޒް) ޑިޕޯޓުކޮށްލާފަ އެވެ.

މި މަހުގެ 13 ގައި ރިޒް ޑީޕޯޓު ކުރުމާއި އެކު ގިނަ ބަޔަކު، މީގެ ކުރިން އޭނާއާއި އެކު މަސައްކަތް ކުރަމުން އައި ސުޒޫ ވެސް އަމިއްލަ ބިއުޓީ ސެލޫންއެއް ހިންގަމުން ދާކަމަށް ބުންޏެވެ. އަދި އެކަމަށް އިމިގްރޭޝަނުން ބުނ މި މަހުގެ 18 ގައި ލިބުނު ރިޕޯޓަކަށް އެ ސެލޫން ވެސް ބަލައި ފަސްކުރި ކަމަށެވެ.

ސުޒޫ ވެސް ރާއްޖޭގައި އުޅެމުން އައީ ގަވައިދާއި ހިލާފަށްކަމަށް ވާތީ، ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލީ މި މަހުގެ 20 ވަނަ ދުވަހު އެވެ

ރިޒްއައި ސުޒޫ ހިންގަމުންދާ ސެލޫންތަކަކީ ރާއްޖޭގައި މަޝްހޫރު ވިޔަފާރި އެކެވެ. އަދި މީގެ ކުރިން މީޑިއާތަކުން ވެސް ރިޒްއާއި ސުޒޫގެ މަސައްކަތާއި ބެހޭ ރިޕޯޓުތައް ފީޗާކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: