ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެޕްޓެމްބަރ މަހު އާސަހަރާ މިސްކިތުގެ މަސައްކަތް ނިންމަނީ

މާލެ ސިޓީ ކައުންސިލްގެ ޖަލްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖާގަ އިތުރުކޮށް، އާސަހަރާ މިސްކިތުގެ މަސައްކަތް އަންނަ ސެޕްޓެމްބަރ މަހު ނިންމާލެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާސަހަރާ މިސްކިތުގެ މަސައްކަތް ސެޕްޓެމްބަރ މަހު ނިންމާލެވޭނެ ކަމަށާއި، މިސްކިތުގެ މަސައްކަތް ނިމޭއިރު 3200 އަކަފޫޓު މިސްކިތައް އިތުރު ކުރެވޭނެ ކަމަށެވެ. އަދި މިސްކިތް ނިމޭއިރު އެތަނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހާނާއަކާއި އަންހެން ބޭފުޅުންނަށް ހާއްސަ ފާހާނާއާއި ވުޟޫކުރާ ބަޔަކާއި ނަމާދުކުރާ ބައެއްގެ އިތުރުން ޖަނާޒާތަކަށް ވަޑައިގަންނަވާ ބޭފުޅުން މަޑުކޮށްލެވޭނެ ހާއްސަ ސަރަހައްދެއް ތަރައްގި ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އާސަހަރާ މިސްކިތުގެ މަސައްކަތް މިހާތަނަށް ތިން ކުންފުންޏަކާއި ވަނީ ހަވާލު ކުރެވިފައެވެ. ފުރަތަމަ އެ މަސައްކަތް ހަވާލުކުރީ ޕީއެންޕީ ކުންފުންޏާއި 4.9 މިލިއަން ރުފިޔާއަށެވެ. ތަފާތު ސަބަބުތަކާއި ހުރެ މަސައްކަތް ކުރިއަށް ނުދިޔުމުން ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏާއިއެކު ހެދި އެއްބަސްވުން އުވާލާފައެވެ. އެއްބަސްވުން އުވާލައި ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏަށް 3.6 މިލިއަން ރުފިޔާ ދައްކާފައެވެ. އެއަށްފަހު ސިޓީ ކައުންސިލުން އެ އެއިމާރާތް ފަރުމާ ކުރުމަށް ހަވާލުކޮށްފައި ވަނީ 4.6 މިލިއަން ރުފިޔާއެކު ބީސިކްސް ކޮންސްޓްރަކްޝަން އާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: