ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ޑޮލަރު ބަޤްލަދޭޝް ރައްޔިތެއްގެ އަތުން އަތުލައިގަނެފިއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އިން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މާލެއިން ބަގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު ބަޤްލަދޭސްގެ ރައްޔިތެއްގެ ލަގެޖުން ފޮރުވައިގެން ޤަވައިދާ ޙިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ޑޮލަރު ހިފަހައްޓައިފައިވާ ކަމަށެވެ. ރާއްޖޭގެ ރުފިޔާއިން ބަލާނަމަ އެއީ 1.2 މިލިއަން ރުފިޔާއެވެ.

ބަގްލަދޭޝް މީހާ އެ ޑޮލަރު މާލެއިން ބޭރަށް ގެންދަން މަސައްކަތް ކޮށްފައިވަނީ “ ކޯންފްލޯ ޕެކަޓަކަށް “ އަޅައި ބަންދުކޮށްގެންނެވެ. ޑޮލަރު ތަކުގައި ފޮޓޯއިން ފެންނަ ގޮތުގައި އެކި ފަރާތްތަކުގެ ނަން ވަނީ ޖަހާފައެވެ. ް

