ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު ލިބޭނެ ގޮތް ހޯދައި ސަރުކާރުން މަސައްކަތް ކުރަނީ ރިޒާވް އިތުރު ކުރުމަށް: މިނިސްޓަރ

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރ ޑރ. މުހައްމަދު ޝަފީގް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދީ ދަތިތައް ދިމާވެ، ޑޮލަރުގެ ތާށިކަމުގެ މައްސަލަތަކެއް ދިމާވީ ކުރީ ސަރުކާރުން އެއްވެސް ހައްދެއް އުސޫލެއް ނެތި ފައިސާ ޗާޕު ކުރުމުގެ ސަބަބުންކަމަށް ފިނޭންސް މިނިސްޓްރ ޑރ. މުހައްމަދު ޝަފީގް ވިދާޅުވެއްޖެ އެވެ.

މާލީ ހާލަތާއި ގުޅުވައި ދެކެވެމުން ދާ އެކި ވާހަކަތައް ރައްޔިތުންނަށް ސާފުކޮށް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަފީގް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. މިއަދު މި ހާލަތުގައި ދިވެހި އެތައް ރައްޔިތުންނެއް އުޅެން ޖެހިފައި ވަނީ މިނިސްޓަރ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގެ ސަބަބުންނެވެ.

އެމްޑީޕީގެ ސަރުކާރުން ހަތަރު ފަހަރެއްގެ މަތީން ފައިސާ ޗާޕުކޮށްފައި ވާތީ އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އުފުލިގެން ދިޔަ އެވެ. އެކަން ރައީސް މުއިއްޒު ވެސް ތަކުރާރުކޮށް ފާހަގަކުރައްވަ އެވެ. އަދި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ، ފައިސާ ޗާޕު ނުކޮށް ލޯނުތައް އަނބުރާ ދައްކަމުން ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.

މިނިސްޓަރ ޝަފީގް ވިދާޅުވީ ޑޮލަރުގެ އާމްދަނީ ލިބޭ ދާއިރާތަކުން އިތުރަށް ޑޮލަރު ލިބޭނެ ގޮތް ހޯދައި ސަރުކާރުން މަސައްކަތް ކުރަނީ ރިޒާވް އިތުރު ކުރުމަށް ކަމަށެވެ. އޭގެ ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވީ ޑޮލަރުން ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް އިގްތިސާދުގެ ތެރޭގައި ދައުރުވާ ޑޮލަރާއި ރާއްޖޭގައި ހިފެހެއްޓޭ ޑޮލަރު މަދުވުމެވެ. މި އާމްދަނީ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ދައުރު ވާނެ ގޮތެއް ހޯދަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ފާހަގަކުރައްވައި ޝަފީގް ވިދާޅުވީ ސަރުކާރުން ދަނީ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކޮށް ރީފޯމް އެޖެންޑާ އެކުލަވާލަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: