ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖީދިއްޔާ ސްކޫލުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އަޅައިދޭނެނަށް: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖީދިއްޔާ ސްކޫލުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މަޖީދިއްޔާ ސްކޫލުގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖީދިއްޔާ ސްކޫލުގެ އިމާރާތްތައް ބާވެ މަރާމާތު ކުރަންޖެހިފައިވާ ކަމަށާއި އެހެން ކަމުން ރާއްޖޭގެ ފުރަތަަމަ ސްމާޓް ކްލާސްރޫމްތަކާއެކު މަޖީދިއްޔާ ސްކޫލުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އަޅަން ނިންމައިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަހަރު ކުރިއަށްގެންދާ ސްކޫލް މަޝްރޫއުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލާއި އިންވެގެން ހުރި ކުރީގެ ދަރުމަވަންތަ ސްކޫލްގައި އައު އިމާރާތް އެޅިގެންދާނެ ކަމަށެވެ. އަދި އެ ސްކޫލްގެ ދާރުލް އުލޫމަކީ ތައުލީމާ ގުޅުންހުރި ދާރުލްއާސާރަކަށް ހައްދަވައިދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވިއެވެ. އަދި އެ މިއުޒިއަމް އިން މަޖީދިއްޔާ ސްކޫލުގެ ވާހަތަކާއި ރާއްޖޭގެ ތަޢުލީމީ ގިނަ ވާހަކަތައް ފެނިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

”އެ ކްލާސްރޫމްތަކުގެ ތެރެއިން ބައެއް ކްލާސްތަކަކީ ސްމާޓް ކްލާސްތައް ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ސްމާޓް ކްލާސްތަކަށްވާނެ. އަދި އަޅުގަނޑުމެން ކޮންމެ މަޖީދިއްޔާގެ ދަރިވަރުން، އިސްދަރިވަރެއްގެ ފަޚުރުކަމުގައިވާ ދާރުލް އުލޫމާއި ކުރި ބޯށި އަޅުގަނޑުމެންގެ ޕްލޭނަކީ ނޭޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި އެތަން ތަރައްގީކުރުން. މި ސްކޫލާއި ރާއްޖޭގެ ތައުލީމީ ތާރީހު ދައްކުވައިދޭ މިއުޒިއަމަކަށް އެތަން ބަދަލުކުރުން،“ ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮންމެ މީހެއްގެވެސް އަޒުމަކަށް ހަދަންވީ އެމީހެއްގެ ހަޔާތުގައި އަނެކުންނަށާއި މުޖުތަމައަށް އަދި ޤައުމަށް ކަމެއް ކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށެވެ. އެކަމުގެ ސަބަބުން ތަޢުލީމީ ނިޒާމަށް ގިނަ ފައިދާ ތަކެއް ކުރާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި ތައުލީމީ ނިޒާމް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: