ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާއި ހިލާފަށް ގެއްލުމުގެ ބަދަލު ދީފައި އެބަހުރި، މައްސަލަ ބަލައި ފިޔަވަޅު އަޅަނީ

ބަންޑާރަ ނައިބު އަހްމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އުވާލާފައި ހުރި އެއްބަސްވުންތަކާއި، އަދި އެ ނޫންވެސް އެކި ސަބަބުތަކާއި ގުޅިގެން ދައުލަތުން ބަދަލުގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގާނޫނާއި ހިލާފަށް ބަދަލު ދީފައިވާކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި ރާއްޖޭގެ އިޤުތިޞާދު އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތަފްސީލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ދީފަ އެވެ. ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުތުން ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގުގެ މި ބައްދަލުވުމުގައި އިގްތިސާދީ ހާލަތުން އަރައިގަތުމަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު ދީފައި ވެއެވެ.

ނޫސްވެރިންގެ ގިނަ ސުވާލުތަކެއް ވެސް އެކި ދާއިރާތަކުގެ ތެރެއިން އަމާޒުވި މި ޕްރެސްގައި އުޝާމް ވިދާޅުވީ ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާގެ އިތުރުން ގިނަ ރަށްތަކާއި ފަޅުތައް ދޫކޮށްފައިވާކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދޭން ނިންމި ފައިސާ އެއް ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުގެ ތެރެއިން ކޮމިޓީއެއް އެކުލަވާލައި ކުރަން އުޅުނު އެ މަސައްކަތް ފަހުން ހުއްޓުނީ މަޖިލިސް ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ނަމަވެސް ރައީސް އޮފީހުގައި އެކުލަވާލި ކޮމިޓީން ގިނަ ބަޔަކަށް ބަދަލު ދޭން ނިންމިކަން ފާހަގަކުރެއްވި އެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އުޝާމް ފާހަގަކުރައްވާފައި ވަނީ، އައު ސަރުކާރުގެ ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ވެސް ކޮމިޓީއަށް ހުށަނާޅައި ގެއްލުމުގެ ބަދަލުތައް ދިނުމަށް ނިންމާފައިވުމެވެ. އެގޮތުން އެތައް ސަތޭކަ މިލިއަން ރުފިޔާއާއި، ރަށްތަކާއި ދައުލަތުގެ މުދާތައް ގެއްލުމުގެ ބަދަލުގެ ނަމުގައި ދީފައިވާކަމަށް އުޝާމް ވިދާޅުވި އެވެ.

މި މައްސަލަތައް ބެލި ބެލުމުން، އެއީ ގާނޫނާއި ހިލާފަށް ކުރި މަސައްކަތެއްކަން ފާހަގަކުރެވޭތީ އެކަމާއި ގުޅިގެން ގާނޫނީ ގޮތުން ކުރަން ޖެހޭ އިތުރު މަސައްކަތްތައް ކުރަމުންދާކަމަށް އުޝާމް ވިދާޅުވި އެވެ. އެއީ ޝަރީއަތަށް ހުށަހަޅައިގެން ކުރަން ޖެހޭ މަސައްކަތެއް ނަމަ، އެކަން ވެސް ކުރައްވާނެކަމަށް އުޝާމް ވިދާޅުވި އެވެ.

ދައުލަތުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އެމްޑީޕީގެ ސަރުކާރުން އޭރު ލަފާ ކުރި އެވެ. އަދި ވެރިކަމަށް އަހަރެއްވިއިރު ގެއްލުމުގެ ބަދަލެއްގެ ގޮތުން ދިން ފައިސާގެ އަދަދު އެކަނި ވެސް އެއް ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރޭގައި އާބިޓްރޭޝަންގައި ކުރިޔަށް ދިޔަ މައްސަލަތަކާއި، ކުންފުނިތަކާއި ހަވާލު ކުރި މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކޮށްފައި ވާތީ، ބަދަލު ހޯދަން ހުށަހެޅި މައްސަލަތައް ހިމެނެ އެވެ.

ސަރުކާރު ނިމުނު ފަހުން ފެންމަތިވި މައްސަލަތަކުގެ ތެރޭގައި 2023 ވަނަ އަހަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓުން އެކި ފަރާތްތަކަށް ދިނުމަށް ކަނޑައެޅިފައިވާ މިންވަރަށް ވުރެ 263 އިންސައްތަ އިތުރަށް އެ އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި ހަރަދުކުރުން ހިމެނެ އެވެ.

ގެއްލުމުގެ ބަދަލުގެ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ރައީސް ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓަލްމަންޓް ކޮމިޓީ މިހާރު ވަނީ އުވާލާފަ އެވެ. އެ ނިންމުމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ކޮމިޓީއިން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ފައިސާ ދީފައި ވަނީ ގާނޫނީ ބާރެއް ލިބިގެން ނޫންކަމަށާއި އެ މަރުހަލާތައް ކުރިޔަށް ގެންގޮސްފައި ވަނީ އުސޫލުތަކާއި ހިލާފަށްކަން ފާހަގަކުރެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: