ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިން ބޭނުންވި އަދަދަށް ހިލޭ އައިސް ފޯރުކޮށްދެވުނު: މިފްކޯ

މަސްދޯންޏަކަށް އައިސް ބަރުކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހަށް އެކަނި މިފްކޯއިން ހިލޭ ގިނަ އަދަދެއްގެ ދޯނިތަކަށް އައިސް ދޫކޮށްފިއެވެ.

މިފްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، މިފްކޯގެ ސައިޓްތަކުން ބުދަ ދުވަހު މަސްވެރީންނަށް ހިލޭ އައިސް ދޫކުރެވުނު ތަފްސީލް ބެލިބެލުމުން އެނގުނީ މަސްވެރިކަމަށް އޮންނަ ތަރުހީބެވެ. އެގޮތުން މިފްކޯއިން އަދާހަމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބުދަ ދުވަހު 24 މަސް ދޯންޏަކަށް ޖުމްލަ 68 ޓަނު އައިސް ދޫކޮށްފައެވެ.

އެގޮތުން ގދ.ތިނަދޫ އައިސް ޕްލާންޓުން 5 ދޯންޏަކަށް 15 ޓަނު އައިސް އެކުންފުނިން ދޫކޮށްފައިވެއެވެ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) އިން 4 ދޯންޏަކަށް 8 ޓަނު އައިސް ދޫކޮށްފައިވާއިރު، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) އިން 15 ދޯންޏަކަށް 45 ޓަނު އައިސް ދޫކުރިއެވެ. އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) އިން އެއްވެސް ދޯންޏަކަށް އައިސް އަޅާފައެއް ނުވެއެވެ. މިފްކޯއިން އުފައްދާ އައިސް ޓަނެއްގެ ހަރަދަށް އެވްރެޖުކޮށް 1300 އާއި 1400 ރުފިޔާ ހޭދަވާއިރު އައިސް ޓަނެއް މިވަގުތު ވިއްކަމުންދަނީ 750 ރުފިޔާއަށެވެ.

މިފްކޯއިން ފާހަގަކުރިގޮތުގައި މެދު ރާއްޖެތެރޭގެ މަސް ދޯނިފަހަރުތަކުގެ މެދުގައި އައިސް އަށް އޮންނަ ޑިމާންޑު ބޮޑުވެފަ ދެކުނުގެ ގިނަ މަސް ދޯނިފަހަރުން އައިސް ނާޅަނީ، އެ ދޯނިތަކުގައި މަސް ފިނިކުރާ ނިޒާމް ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކޮށްފައި ހުރުމުގެ ސަބަބުންނެވެ. އަދި އެއީ އިތުބާރު ހިފޭ ސިސްޓަމަކަށް ވެފައި، ގިނަ ދޯނިތަކުގެ އަމާޒު މިހާރު ހިފާފައި ހުރީ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށެވެ. އަދި އެކަމަށްޓަކައި ފިޝަރީޒް މިނިސްޓްރީއިން ލޯނު އެހީތެރިކަން ފޯރުކޮށްދޭކަމަށާއި، މުސްތަގުބަލުގައި އައިސް އަށް އޮންނަ ޑިމާންޑު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.

މިފްކޯއިން ބުނީ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ މަސް ދޯނިފަހަރުތަކަށް އެކުންފުނީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަން ނިންމާފައިވާކަމަށެވެ.

މިފްކޯއިން މިދިޔަ މަހު ވަނީ ރާއްޖޭގެ ދެކުނުގައި މަސް ގަތުމަށް އޮޕަރޭޓު ކުރާ ހަތަރު ބޯޓެއް ޅ. ފެލިވަރުގެ ދަށަށް ބަދަލުކޮށް ފެލިވަރުން އޮޕަރޭޓު ކުރަމުން އައި 100 ޓަނަށް ވުރެ ގިނަ މަސް ގަނޑު ކުރެވޭ ބޯޓެއް ގއ. ކޫއްޑޫއަށް ގެންގޮސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: