ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ރައީސް މުއިއްޒު ވެރިކަން ދޫކޮށްލާތަން ފެނޭ: ފައްޔާޒް

އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަން ދޫކޮށްލައްވާ މަންޒަރު ސިފަވަމުންދާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ލީޑަރޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް ވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވާފަައެވެ. ފައްޔާޒް ވިދާޅުވީ، މިފަހުން ފެންމަތިވި މައްސަލަތަކުގެ ސަބަބުން ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ރައްޔިތުން ނުކުމެ ކުރާ މަސައްކަތްތަކަކުން މި ސަރުކާރަށް ބަދަލުތަކެއް އައިސްދާނެކަމާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ވަމުންދާ ކަންކަމުގެ ސަބަބުން ރާއްޖޭގެ ހާލަތު އެ ހިސާބަށް ދާ މަންޒަރު ފެނިވަޑައިގަންނަވާކަމަށާއި ރައްޔިތުންނަށް ދަތިވެ ބަނޑުހައިހޫނުކަމާއި ހިސާބަށް ދާތަން ކުލަވާކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ އިހުސާސްކުރެވޭކަމަށާއި އެހެންނަމަވެސް ސަރުކާރަށް އަދިވެސް ކަންކަން ހައްލުކުރުމުގެ ފުރުސަތު އޮތްކަމަށެވެ. ފައްޔާޒް ވިދާޅުވީ، މިހާރު ރާއްޖެ ދާ މިސްރާބު އިސްލާހުކޮށްގެން އެ ހާލަތަށް ދިޔަނުދީ ހިފެހެއްޓުމުގެ ފުރުސަތު އޮތްކަމަށެވެ. ނަމަވެސް ފެނިގެންދަނީ ވިސްނުންތެރިކަމެއް ނެތި ބޯހަރު ހުދުމުހުތާރު އުސޫލުތަކެއްގެ މަތިން ކަންކަން ކުރާތަންކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަކީ ވަރަށް ސިޔާސީ ގައުމެއްކަމަށާއި އެމީހަކު ހިތުހުރި އެއްޗެއް ކިޔަމުންދާކަމަށެވެ. އެހެންކަމުން ރައީސްކަމަށް ވަޑައިގަތުމުގެ ގޮތުން އިންތިހާބަށް ކުރިމަތިލައްވަންވާނީ އެކަންކަން ހަޖަމު ކުރެއްވޭ ބޭފުޅުންކަމަށާއި އެ މީހަކު ދައްކާ ވާހަކައަކާއި ދެކޮޅަށް ވާހަކަދައްކާ މީހުން ފުލުހުން ނެރިގެން ސުންނާފަތިކޮށްލުމުގެ ވިސްނުން ގެންގުޅޭނަމަ ރައީސްކަމަށް ކުރިމަތިނުލެއްވުމަށް އިލްތިމާސްކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ، ލައްވައިގެން ހޮވުނު ނަމަވެސް ދިވެހިން އެގޮތަށް މައިތިރިއެއްވެސް ނުކުރެވޭނެކަމަށާއި ކުރިއަށް އޮތް ދެ ތިން މަސް ދުވަހެއްގެ ތެރޭގައި ”ދެފައި ގޮށްޖެހިގެން“ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަން ދޫކޮށްލައްވާ މަންޒަރު އެ ޕާޓީއަށް ފެންނަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ޕީއެންސީގެ އެތެރެއިން ބަގާވާތެއް އަންނަ މަންޒަރުވެސް ފެންނަކަމަށާއި މަޖިލީހުގެ ތެރެއިންނާއި ސޯޝަލްމީޑިއާއިން ފެންނަ ކަންކަމުންވެސް އެފަދަ އިހުސާސްއެއް ކުރެވޭކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީއިން ބަގާވާދެއް ނުކުރާނެކަމަށާއި އެ ޕާޓީއިން ކުރަމުންދާނީ ސަރުކާރު ޖަވާބުދާރީކުރުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އުފުލުމުގެ މަސައްކަތްތައް ކަމަށެވެ. އަދި އެ ޕާޓީއިން ގާނޫނީ އިމުގެ ތެރެއިން ކުރެވެން އޮތް ހުރިހާ އިހުތިޖާޖެއް ކުރާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: