ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ނުލިބެނީ ސަރުކާރަށް އިތުބާރު ނެތުމުން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމުތަކުންނާއި ޖަމިއްޔާތަކުގެ ފަރާތުން ރާއްޖެއަށް މާލީ އެހީތެރިކަން ނުލިބެނީ އިތުބާރު ނެތުމުގެ މައްސަލައިގެ ސަބަބުންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ލީޑަރޝިޕް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ އައު ސަރުކާރުގެ ހާރިޖީ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ މަގު ފަހިވެފައިނުވާކަމަށް އިޝާރާތްކުރައްވާފައެވެ. ޝާހިދު ވިދާޅުވީ، ގައުމުތަކުގެ އިސްވެރިން އެކަކު އަނެކާއަށް ފޮނުވާ ސިޓީތަކަކީ މީޑިއާއަށް ހާމަކުރާ އެއްޗެއް ނޫންކަމަށް ސަރުކާރުގައި ތިބި އިރު ވިދާޅުވިކަމަށެވެ. އަދި އޭރު އަދުގެ ސަރުކާރުގެ އިސްވެރިން އެ ވާހަކަތަކަށް ދެކޮޅު ހަދައި ހުރިހާ ކަމެއް ހާމަކުރަންޖެހޭކަމަށް ވަކާލާތުކުރިނަމަވެސް ވެރިކަން ލިބުމުން އަމަލުކުރަމުންދަނީ އެއްގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެއީ ބައިނަލްއަގުވާމީ އުސޫލު ހިނގާ ގޮތްކަމަށާއި އެހެންނަމަވެސް އޭރު އެއްވެސް ކަމެއް ސިއްރު ނުވާނެކަމަށް ބުނަމުން އައިކަމަށެވެ. ޝާހިދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވާ ލީޑަރަކުވަނީ ލައިގެން ހުރި ފޭރާން ބޭލުމަށްފަހު ދެއްކުމަށްވެސް ބުނެފައިކަމަށާއި އޭރު ސިޓީތަކުގެ މައްސަލަ އެ މިންގަނޑަށް ބޮޑުކޮށްލިކަމުގެ މައްޗަށް އަލިއެޅުއްވިއެވެ. އެހެންނަމަވެސް މިއަދު ވެރިކަން ލިބުމުން ކަން ކުރަން ޖެހިފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންވެސް އަމަލުކޮށްފައިވާ ގޮތަށް ކަމަށާއި ސަބަބަކީ ބައިނަލްއަގުވާމީ މައިދާނުގެ އުސޫލަށް ވުންކަމަށް ވިދާޅުވިއެވެ. އަދި އެކަންކަމާއިމެދު ސުވާލު ނުކުރައްވަނީވެސް ބައިނަލްއަގުވާމީ އުސޫލުތައް ގަބޫލުކުރައްވާތީކަމަށް ވިދާލުވިއެވެ.

ޝާހިދު ވިދާޅުވީ، ގައުމަށް ބޭނުންވާ އެހީ ހޯދުމަކީ ފަސޭހަ ކަމެއް ނޫންކަމަށާއި އެކަމަކީ ދަތިކަމެއްކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ގައުމަކަށް ގޮސް މީހަކާއި ބައްދަލުކޮށް އެއްޗެއް ބުނެލުމުން ބްރީފްކޭސްއަކަށް އަޅާފައި ފައިސާ ނުދޭނެކަމަށާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިފަހުން ޕްރެސްއެއްގައި ހަމަ މިގޮތަށް ވިދާޅުވިކަމަށެވެ. ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި އެމަނިކުފާނުވެސް ވިދާޅުވަމުންގެންދެވީ އެގޮތަށްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ގައުމަކުން އެހީ ލިބެނީ އެ ގައުމަކާއި ގާތްކަން ބޭއްވޭ މިންވަރަށާއި އެ ގައުމެއްގެ އިތުބާރު ސަރުކާރަށް ހޯދޭ މިންވަރަށް ރިއާޔަތްކޮށްކަމަށެވެ. އެހެންނަމަވެސް އާންމުކޮށްފައިވާ މާލީ ތަފާސް ހިސާބުތަކުން ހިލޭ އެހީއެއް ލިބިފައިވާކަމަށް ފެންނަން ނެތްކަމަށާއި ނުލިބެނީ އިތުބާރުގެ މައްސަލައިގެ ސަބަބުންކަމަށެވެ. ޝާހިދު ވިދާޅުވީ ގައުމެއްގެ އެހީ ލިބެނީ، އެ ގައުމުން ދޭ އެހީގެ ބޭނުން އޭރު އޮންނަ ސަރުކާރަކުން ރަނގަޅަށް ހިފާނެކަމުގެ އިތުބާރު އޮވެގެންކަމަށާއި އެ ގައުމެއްގެ ސަރުކާރުން އަމަލުކުރަނީ އުސޫލުތަކެއްގެ ތެރެއިންކަން ފެންނަން އޮވެގެންކަމަށެވެ.

ޝާހިދު ވިދާޅުވީ، ވެރިކަމަށް އައުމުގެ ތެރޭގައި ބައިނަލްއަގުވާމީ މުޖުތަމައާއި ޖެހިގަތީ ކިހާރަކަށްތޯވެސް ބަލާނެކަމަށާއި، ބައިނަލްއަގުވާމީ އުސޫލުތައް ގަބޫލުކުރަނީ ކިހާ ވަރަކަށްތޯވެސް ބަލާނެކަމަށެވެ. އެހެންކަމުން ނުވަ މަސް ދުވަސް ތެރޭގައި އެއްޗެއް ނުލިބޭކަމަށް ވާނަމަ އޭގެ މާނައަކީ މި ސަރުކާރަށް ބައިނަލްއަގުވާމީ އިތުބާރު ހޯދިފައިނުވުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: