ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ޕީޖީކަމަށް ގެނެޔަސް ހެޔޮ؛ ކުރާ ތުހުމަތެއް ސާބިތު ނުކުރެވޭނެ: އަބްދުއްރަހީމް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޔާމީނު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ގެނެއިނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި އަދި އެމްއެމްޕީއާރުސީގެ އެއްވެސް ކަމެއް ސާބިތު ނުކޮށްދެވޭނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި އަބްދުއްރަހީމް ވިދާޅުވީ ޕީޖީ ކަމުގެ މަގާމަށް އެއްވެސް ބޭފުޅަކު ލޮބީ ނުކުރައްވާ ކަމަށެވެ.

”އެބޭފުޅުންނަށް ހީވަނީ އަޅުގަނޑާއި ގާތް ބޭފުޅަކު އެމަގާމަށް އަތުވެދާނެޔޭ. އެއީ އެވަރުގެ އިލްމީ ގާބިލް ބޭފުޅުން ތިއްބެވީމަތާ އެ ޝައްކު އުފެދޭނީ.“

އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ގާތް ބޭފުޅަކު ޕީޖީކަމަށް އައިސްފިނަމަ ރައީސް ޔާމީންގެ މައްސަލަގެ ސްޕީޑް ބާރުކޮށް ކުރިއަށް ކުރިއަށް ހިނގައިދާނެ ކަމަށް ހީވެ ބިރުގަންނަވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ބަލައިފާނެތީ ޖެހިލުންވެ ވަޑައިނުގަންނަވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެމައްސަލައިގައި އެމްނިކުފާނުގެ މައްޗަށް އެއްވެސް ކަމެއް ސާބިތު ނުކޮށްދެވޭނެ ވަރުގެ ޔަގީންކަށް އޮންނެވި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އެއްވެސް ދައުރެއް ނޯންނަވާނެ ކަމަށާއި އަދި އޭގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނޯންނަވާނެ ކަމަށެވެ. އަދި މިއަދު ޕީޖީ ކަމަށް ރައީސް ޔާމީން ގެނެޔަސް، މަލީހު ގެނެޔަސް އަދި ޖަމީލު ގެނެޔަސް އެއްވެސް މައްސަލައެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އަދުލުވެރި ޝަރިއަތެއް ކުރިއަށް ގެންގޮސްފި ކަމަށްވާނަމަ އެމްއެމްޕީއާރުސީ މައްސަލަނޫން އެހެން މައްސަލައެއްގައިވެސް އެއްވެސްކަމެއް ސާބިތު ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: