ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ވަޒީރުކަމުން ރައީސް މުއިއްޒު ވަކި ކުރަން ޔާމީން އުޅުނު، އެންމެން ކުރިމަތީ ކީރިތި ކުރައްވަންދެން ބަވާލި“

ޕީޕީއެމް/ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު އާއި، އަބްދުއްރަހީމް އަދި ޝުޖާއު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޔާމީނުގެ ވެރިކަމުގައި ތިން ފަހަރެއްގެ މަތިން ހައުސިންގ މިނިސްޓަރ ކަމަށް މިހާރުގަ ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވަން އުޅުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި ހާއްސް އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުދެކެ ރައިސް ޔަމީން ފެށުނީއްސެރުވެސް ނުރުހުންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އޭރު ޑރ. މުއިއްޒު މަގާމުން ވަކިކުރެއްވުމަށް ނިންމެވި ނަމަވެސް އެކިއެކި ސަބަބުތަކާއި ގުޅިގެން އެމަނިކުފާނު މަގާމުން ވަކިކުރެވޭގޮތް ނުވީކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

”މިހެން ދެންނެވީމައި ވިދާޅުވެދާނެ އަޅުގަނޑަކީ ރައީސުލްޖުމްހޫރިއްޔާއޭ، ވަކިކުރައްވަން ބޭނުންވީމާ ވަކި ކުރެވޭނެއޭ. އާދެ އެއީ ރަނގަޅުވާހަކައެއް. އެކަމަކު ހުންނާނެތާ ވަކިކުރަން ހިފީމާ އެއާއި ދެކޮޅަށް އެހެން ބަޔަކު މަސައްކަތް ކުރަންފެށީމަ ބައެއްކަންކަން ހުއްޓާލާފައި ހުންނާނެ ކަންކަން ހުންނާނެ ކޮންމެ ވެރިއަކުވެސް“

އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ އެންމެ ފަހު ދުވަސްކޮޅުގައި ބުރިޖު ހުޅުވުމަށް ނިންމަމުން ދިޔައިރު ކެބިނެޓުގެ ވަޒީރުންނާއި، ޕާޓީގެ އިސް ބޭފުޅުން ތިއްބެވި ބައްދަލުވުމެއްގައިވެސް ރައީސް ޔާމީން ރައީސް މުއިއްޒުއަށް އެތައް ނޭދެވޭ ވާހަކަތަކެއް ގޮވައިފައިވާ މަންޒަރު އޭރު އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް ފެންނާނެ ކަމަށެވެ. އަދި ރައީސް މުއިއްޒު ކީރިތިކުރައްވަންދެން އެއްޗެހިކިޔާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

”އެދުވަހު ޔާމީނު ވިދާޅުވީ ބުރިޖުގެ އެއްލޭނު މަދުކަން ތިންމާނައަށް މިއަދުއޭ މި އިނގުނީ. ކިހިނެއްތޯ ގަބޫލުކުރާނީ ޔާމީނު އަމިއްލަޔަށް އީވައިސީ (އިކޮނިމޮކް ޔޫތު ކައުންސިލް) ކަމުގެ ޗެއާކަން ކުރައްވަމުން ގެންދެވީ. އަމިއްލަޔަށް ދުވަހުން ދުވަހަށް ބަލަމުން ގެންދިޔައީ. އެބުރިޖު އަޅަމުން ގެންދިޔައިރުވެސް ގައިމު ފެންނާނެތާ. ފަހަރެއްގައި އެތަން ބައްލަވާލައްވަންވެސް ވަޑައިގެންނެވި“

އަބްދުއްރަހީމް ވިދާޅުވީ އެހާ ގޯސްކޮށް ކަންކަން ހިނގާފައިވަނިކޮށް ރައީސް މުއިއްޒުއަށް ވެރިކަން ލިބިވަޑައިގަތީ ކަމަށެވެ. އަދި އެއީ އެއްވެސް ބޭފުޅަކު ކުރެއްވި ކަމެއް ނޫންކަމަށާއި އެއީ ﷲ ގެ ނިންމެވުން ކަމަށް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ތިމާކޮށްފައިވާ ކަންކަމާއި އުޅެފައިވާ ގޮތް ދަންނަ ބަޔަކު މިގައުމުގައި ތިބޭކަން އެނގެން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
15%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 62%ބޮޑު ޖޯކެއް 23%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: