ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމެއް ނެތި އެތައް އަހަރެއް؛ ހައްލު ލިބުނީ އަދިކިރިޔާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކެއިން ބުއިމަކީ އިންސާނާގެ އެންމެ ވަރުގަދަ އެއްޢަރީޒާ ކަމުގައި ވާއިރު ކެއުމާއި ބުއިމުގެ ރައްކާތެރިކަމަކީ ކަށަވަރު ކުރެވިފައި އޮންނަން ޖެހޭ އަސީސީ ހައްގެކެވެ. މިއަދު މި ކުޑަ ދިވެހިރާއްޖޭގެ ތާރީހުން ފެށިގެން 2023 އާއި ހަމައަށް އައި އިރުވެސް ކާބޯތަކެތި ރައްކާތެރި ކުރޭވެނެ އެއްވެސް މަގެއް ނުވަތަ ގާނޫނެއްވެސް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. ސިއްހަތާއި ކާބޯތަކެއްޗަކީ ވަކި ނުކުރެވޭނެ ދޭތި ކަމަށް އެންމެންވެސް ހެކިވާނެއެވެ. އެހެންނަމަވެސް ސިއްހީ ރައްކާތެރި ކަމާއި އަދި ކާބޯތަކެތީގެ ރައްކާތެރި ކަމަކީ އޭގެ ޒާތުގައި މުޅިން ތަފާތު ކަމެކެވެ.

1978 ވަނަ އަހަރު ”ހޮޓާހޮޓަލާއި ކާބޯތަކެތި ވިއްކާ ތަންތަނާއި ވިއްކުމަށްޓަކައި ކާބޯތަކެތި ރައްކާކުރާ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމާ ބެހޭ ގާނޫނު“ އެއް ވުޖޫޖު ކުރެވުނެވެ. އެއީ ގާނޫނެއް ކަމަށް ބަޔަކު ދެކުނަސް އޭގައި އޮތީ މެހިން ސަލާމަތް ވުމުގެ ވާހައެވެ. ”މެހި ގާނޫނަކުން“ އަދި އަޅުގަނޑުމެންގެ ކާބޯތަކެތި ރައްކާތެރި ނުވެއެވެ. އޭގެ ފަހުން ދެން ވުޖޫދުކުރެވުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު ކިޔާ ގާނޫނެކެވެ. މި ގާނޫނަކީ ސިއްހަތާއި ގުޅުން ހުރި ގާނޫނެކެވެ. ކާބޯތަކެތި ރައްކާ ކުރެވޭނެ އެއްވެސް ގޮތެއް މިގާނޫނުގެ ތެރެއިން ފަހިކޮށްދީފައެއް ނުވެއެވެ.

ނަން ހުސްކޮށް މަޝްހޫރު ގައުމުތަކުގެ ކޮލެޖު ޔުނިވަސިޓީތަކުން ކިޔާވާ ވިދާޅުވެގެން ތިބި ވެރިން މި ގައުމު ދެކެފިއެވެ. 1968 ގައި ވެރިކަމާއި ހަވާލުވެ ވަޑައިގެން އަލްމަރްހޫމް އިބްރާހިމް ނާޞިރަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަން ފެއްޓެވި ރައީސެވެ. އެއަށްފަހު ވެރިކަމާއި ހަވާލުވެވަޑައިގަތް މައުމޫން އަބްދުލް ގައްޔޫމަކީ އަލް އަޒްހަރު ޔުނިވަސިޓީ، ރޯޔަލް ކޮލެޖު އަދި އެމެރިކަން ޔުނިވަސިޓީ އިން ކައިރޯ ފަދަ މޮޅެތި ތަންތަނުން ތައުލީމު ހާސިލު ކުރެއްވި ބޭފުޅެކެވެ. ދެން ވެރިކަމާއި ހަވާލުވެ ވަޑައިގތީ ޑިމޮކްރެސީގެ ބައްޕަ ކަމަށް ވަކާލާތު ކުރައްވާ މުހައްމަދު ނަޝީދުއެެވެ. އެމަނިކުފާނަކީ އިނގިރޭސި ވިލާތުގެ ބޮޑެތި ޔުނިވާސިޓީތަކުން ކިޔަވާ ވިދާޅުވެ ހުންނެވި ބޭފުޅެކެވެ.

ރައީސް ނަޝީދުއަށްފަހު ވެރިކަމާއި ހަވާލުވެވަޑައިގަތީ އެހާމެ ކުޅަދާނަ ވެރިންނެވެ. އެހެންނަމަވެސް 21 ވަނަ ގަރުނުގައި އަޅުގަނޑުމެން ދަތުރު ފަށާފައިވާއިރު ގައުމުގެ ކާބޯތަކެތި ރައްކާތެރި ނުވެ އޮތުމަކީ މި ބޭފުޅުންގެ އިހުމާލު ނޫންތޯއެ؟ ކޮންމެ ވެރިކަމެއްގައިވެސް މަޖިލީހުގެ މެޖޯރިޓީއާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް ފުރިހަމަ މެޖޯރިޓީ އޮތް މަންޒަރު ފެނިގެންވެސް ގޮސްފިއެވެ. އެހެންނަމަވެސް މިބުނާ ކާބޯތަކެތީގެ މައްސަލަ ހައްލު ކުރުމަށް ބަޔަކު ތިބި ގޮނޑިން ހިރިވެސް ނުލައޭ ބުނުން މިއަދު ގޮގަކަށް ނުވާނެއެވެ.

ސާފުތާހިރުނޫން ތަންތަނުގައި ކައްކައިގެން އެތަކެތި ވިއްކަން ފެށީ އިއްޔެ ނޫނީ މިއަދަކު ނޫނެވެ. އެކަން ކުރަމުން އަންނަތާ އެތައް ޒަމާނެއް ވެއްޖެއެވެެ. އަދި ބިދޭސީންވެސް އެކިކަހަލަ ކާބޯތަކެތީގެ ވިޔަފާރި ކުރާތާ އެތައް އަހަރެއް ވީއެވެ. އޭރުވެސް ހެލްތު މިނިސްޓްރީ އާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި އެފަދަ ކާބޯތަކެއްޗާއި ބެހޭ މުވައްސަސާތައް އޮވެއެވެ. އެހެންނަމަވެސް ބޮޑެތި މަގާމުތަކާއި ނަންތައް ދީފައި އޮތްނަމަވެސް ގާނޫނަކުން އެމީހުންނަށް ބާރެއް ލިބިފައެއް ނުވެއެވެ. ދޭން ކުރި މަސައްކަތެއް ނެތެވެ. ދެެއްކީ ހުސް ވާހަކައެވެ.

އެހެންނަމަވެސް މިއަދުގެ ސަރުކާރުން ކުރި މަސައްކަތަކުން ކާބޯތަކެތި އެކި މީހުން ތައްޔާރުކުރަމުންދާ ގޮތް އާންމު ރައްޔިތުންނަށް އެނގިގެން ދިޔައީއެވެ. އެހެންނަމަވެސް މިއަދު އެމީހުން ކުރާ މަސައްކަތް ހުއްޓުވޭނެ ގޮތެއްވެސް ނެތީ އެބުނާ ގާނޫނު ގެނެސްފައިނުވާތީއެވެ. އެހެންނަމަވެސް މިހުރިހާ މައްސަލއަކަށް ހައްލު ލިބިގެން ދިޔައީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނެއް އައުމުންނެވެ.

މިއަދުގެ މަޖިލީހުން ފާސްކޮށް ތަސްދީގުކޮށް މިމަހުގެ 23 ގައި އަމަލު ކުރަމުން މިދާ ގާނޫނުން މިއަދު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެއެވެ. އަޅުގަނޑުގެ ނަޒަރުގައި މި މައްސަލައިގެ ޒިންމާ ނަގަންޖެހޭ ފަރާތް ތަކަކީ މިދިޔަ ހުރިހާ ސަރުކާރުތަކެވެ. މި ސަރުކާރުން މިކަމަށް ޒިންމާ ވާން ނުޖެހޭ އެއްކަމަކީ މިއަދު ސަރުކާރަށް 9 މަސްދުވަސް ވެގެން ދިޔައިރު އެތައް އަހަރެއް ވަންދެން ނުގެނެވި އޮތް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެން ދިއުމެވެ. ނުވަ މަހާއޮ ނުވަ ދުވަހުން އަދުގެ ސަރުކާރުން ރައްޔިތުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަޝްވަރު ކޮށްދީފިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: