ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ޔޫނިޔަނުން ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކަންނެލި މަސްވެރިކަމަށް ލޭނުއެޅުމަށް ހުއްދަ ދިނުމުން މަސްވެރިންނަށާއި މަސްވެރި އާއިލާ ތަކަށް ދިމާވާނެ ގޮންޖެހުންތައް ބަޔާންކޮށް ބީ.ކޭ.އެމް.ޔޫ ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި ސިޓީ ބަލައިގަނެ ނިންމެވި ނިމެވުމަށް ޝުކުރު އަދާކުރައްވާ ކަމަށް ބޮޑު ކައްނެލި މަސްވެރިންގެ ޔޫނިޔަނުން ބުނެފިއެވެ.

ބީ.ކޭ.އެމް.ޔޫ އިން ރައީސް އޮފީހަށް ފޮނުވި ސިޓީ އާންމުކޮށްފައިވާއިރު ދިވެހި ސަރުކާރުން ލޭނުގެ މަސްވެރިކަންކުރުމަށް ނިންމާފައިވާ ނިންމުމަކީ ސީދާ ގޮތުންނާއި ނުސީދާގޮތުން މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް އަސަރުކުވައި، އަދި ދިވެހިރާއްޖޭގެ އިގްތިސާސޯދު އޭގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ ތިމާވެއްޓާއި އަދި ކަނޑުތަކުގެ ދިރުންތަކަށް ގެއްލުންދޭ ކަމެއް ކަމަށެވެ. ލޭނުގެ މަސްވެރިކަމަކީ އިޖްތިމާއީ އަދި އިގްތިސޯދީ ގޮތުން ގެއްލުންތައް ބޮޑު ބާވަތެއްގެ މަސްވެރިކަމެއްކަން ދިރާސީ ހެކިތަކުގެ އަލީގައި އެގެން ހުރިއިރު އެފަދަ ބޮޑު ނިންމުމެއް މިކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރުވާނެ މަސްވެރިންނާއި މަޝްވަރާނުކޮށް ނިންމުމަކީ މަސްވެރިންނާއި މަސްވެރި އާއިލާތަކުގެ ކަންބޮޑުވުމެއްކަމަށް ޔޫނިޔަނުން ވަނީ ބުނެފައެވެ.

މަސްވެރިންގެ ޔޫނިޔަނުން ބުނެފައިވަނީ މެނިފެސްޓޯގައި ހިމަނައިފައިވާ ކަންނެލި މަސްވެރިންނާއި ގުޅޭ ވައުދުތައް ވީހާވެސް އަވަހަށް ފުއްދަވަން މަސައްކަތް ކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މަސްވެރިންނާއި މަސްވެރި އާއިލާތައް ތިބި ކަމަށެވެ. ލޭނު މަސްވެރިކަން ހުއްދަ ދިނުމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ޔޫނިޔަނުން ފާހަގަކޮށްފައިވެއެވެ.

އެ ކަންބޮޑުވުންތަކުގެ ތެރޭގައި ބޮޑު ކަންނެލި ގަންނަ ފަރާތްތަކަށް ރަނގަޅު އަގެއް ނުލިބުމާއި ބޮޑު ކަންނެލި ގަންނަ ކުންފުނިތަކުން އަމިއްލަ ލޭނު މަސްވެރިކަމނުގެ އުޅަނދުތަކުގައި މަސްވެރިކަންކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ވަރަށް ސަޕްލައިހޯދައި ދިވެހި މަސްވެރި އުޅަނދުތަކުން ބާނާ މަސްވެރިކަމަށް ޑިމާންޑް ދަންވުން ހިމެނެއެވެ.  އަދި އެކަމުގެ ސަބަބުން މަސްވެރިންނަށް މަސް ނުއަގުގައި ވިއްކާ އާމްދަނީ ދަށްވެ މަސްވެރިކަން ނެތިގެން ހިނގައިދާނެ ކަމަށް ޔޫނިޔަނުން ވަނީ ބުނެފައެވެ.

ލޭނު މަސްވެރިކަމުގެ ސަބަބުން އެ އާއިލާތަކުގެ 50،000 – 60،000 މީހުންގެ އާމްދަނީއަށް ސީދާ ގޮތެއްގައި އަސަރު ކުރާނެ ކަމަށް ޔޫނިއަނުން ވަނީ ސިޓީގައި ބަޔާންކޮށްފައެވެ. އަދި މީގެއިތުރުން ލޭނު މަސްވެރިކަން ރާއްޖޭގައި ކުރަމުން ދިޔަ ދުވަސްވަރު އެތަކެއް ހިތި ތަޖުރިބާތަކެއް މަސްވެރިންކޮށްފައިވާ ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފު އެތަކެއް ލޭނު މަސްވެރިކަމުގެ ބޯޓުފަހަރުތަކުން ކޮށްފައިވާ ކަމަށްވެސް ޔޫނިއަނުން ވަނީ ބުނެފައެވެ.

މަސްވެރިންގެ ޔޫނިއަނުން ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުން ކަންނެލި މަސްވެރިކަމަށް ލޭނު އެޅުމަށް ހުއްދަ ދޭން ނިންމާފައިވާ ނިންމުމަކީ ކައްނެލި މަސްވެރިންނާއި މަސްވެރި އާއިލާތައް ކަނބޮޑުވާ ކަމެއްގެ ގޮތުގައި ވަޏީ ބުނެފައެވެ. އަދި މަސްވެރިންނަށް ފައިދާވާނެ ގޮތްތައް ސަރުކާރުން މަސްވެރިންނާއި މަޝްވަރާ ކުރުމަށް އެ ޔޫނިޔަނުން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: