ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމުގެ މަސައްކަތް އޭސީސީއިން ޕީޖީއާއި ގުޅިގެން ފަށައިފި

ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމުގެ މަސައްކަތް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާއި ގުޅިގެން ފަށައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު އައުމަށްފަހު ފެނަކައިގެ އެމްޑީގެ މަގާމާއި ހަވާލުވެ ސައީދު އެންމެ ގިނައިން ދައްކަވަމުން ގެންދެވީ ކޮރަޕްޝަން ހުއްޓުވުމުގެ ވާހަކަ އެވެ. އެގޮތުން އޭނާ އެ ކުންފުންޏާ ހަވާލުވެ ވަޑައިގަތް އިރު ކޮރަޕްޝަންގެ ސަބަބުން ކުންފުނީގެ ނަން ވަރަށް ބޮޑަށް ހަޑިވެފައިވިޔަސް އެކަން ބަދަލުކުރައްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އެހެންނަމަވެސް 5 އަހަރުގެ ދައުރެއް ނިމިގެން ދިޔައިރު އެންމެ ގިނައިން އަޑު އިވެމުން ދިޔައީ ފެނަކައިގެ ކޮރަޕްޝަންގެ ވާހަކަތަކެވެ. އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަޙީދު (އިބުރޭ) ފެނަކައިގެ ޑީއެމްޑީގެ މަޤާމުން އިސްތިއުފާދެއްވައި އިބުރޭ ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވީ ފެނަކަ ހިންގަމުން އަންނަނީ އެމްޑީ ސައީދާއި އެ ކުންފުނީގެ ޗެއާމަން މުޙައްމަދު ރަޝީދުގެ އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

އިބުރޭ ތުހުމަތުކުރެއްވި ގޮތުގައި ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި ހިފަހައްޓަނީ ކުންފުނީގެ އެމްޑީއެވެ. އެގޮތުން ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ ތެރެއިން ފައިސާ ދެނީ ސައީދާ ގުޅުން އޮންނަ ވިޔަފާރިތަކަށް އެކަނި ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި ސައީދާއި ޗެއާމަން އަމަލުކުރައްވަމުން ގެންދަވަނީ ސީދާ އެ ބޭފުޅުންނަށް ފައިދާވާ ގޮތަށް ކަމަށާއި، އެގޮތަށް އަމަލުކުރެއްވުމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުބާރު ހުރި މަސްދަރަކުން ސަންގު ޓީވީއަށް މައުލޫމާތު ދިންގޮތުގައި ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޑިއުޓީ ޕްރޮސިކިއުޝަން ގެ މަސައްކަތަކެވެ. މީގެއިތުރުން ހެކި ވަޒަން ކުރުމާއި މިފަދަ އެތައް މަަަސައްކަތްތަކެއް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ސައީދުއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އޭނާގެ މަސްލަހަތު އޮންނަ ޖަމްއީއްޔާތަކާއި ކުންފުނުތަކަށް މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓްތައް ހިންގުމުގެ އިތުރުން އޭރުގެ ސަރުކާރުގެ އިސްވެރިންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް މަންފާ ލިބޭ ގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިމި ދައުވާ ކުރުމަށް ފޮނުވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ދާދިފަހުން ޖުލައި 16 ގައި ރައްޔިތުންގެ މަޖިލީހަށް އޭސީސީ ހާޒިރުކުރުމުން ފެނަކައާއި ހަވާލުކޮށްފައިވާ މަޝްރޫއުތަކެއް ނުނިންމައި، ބަޖެޓު އެއްކޮށް ހުސްކޮށްލި މައްސަލަތަކެއް ބަލަން ފަށައި ޝައްކު ކުރެވޭ މީހުންގެ ބޭންކު ޓްރާންސެކްޝަން އެނަލިސިސް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ. އަދި ފެނަކައިގެ 60 މަޝްރުއޫއުއެއް ނުނިންމައި ބަޖެޓު ހުސްކޮށްލިކަމަށް ތުހުމަތުވާ މައްސަލަތަކެއް ބަލަމުންދާކަމަށެވެ.

މަޝްރޫއު ނުނިމެނީސް ބަޖެޓު ހުސްކޮށްލި މި މައްސަލަތަކަކީ، މިދިޔަ ފަސް އަހަރުގެ ތެރޭގައި އިންހައުސްކޮށް އެ ކުންފުނިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮޖެކްޓުތަކެކެވެ. މައްސަލަތަކުގެ ތަހުގީގަށް ބައެއް މީހުން ފާހަގަކުރެވިވާއިރު އެއީ ޝައްކު ކުރެވޭ މީހުންކަމަށް ޝާމިލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: