ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނެއްގެ ކަރުގައި ވަޅިޖައްސައި ބިރު ދައްކަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނެއްގެ ކަރުގައި ވަޅިޖައްސައި ބިރު ދައްކަން އުޅުނު މީހަކު ފުލުހުން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި ބަންދުކޮށްފައިވާ އަންހެން މީހާއަށް އެގޭގެ ތެރޭގައި ފިރިހެނަކު އަނިޔާކޮށް އަދި މަގުމައްޗަށް ނެރެވެސް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެ އަންހެން މީހާ ސަލާމަތް ކުރަން އުޅެފިނަމަ އެމީހާ މަރާލާނެކަމަށް ބުނެ އަންހެން މީހާގެ ކަރުގައި ވަޅިޖައްސައި ފުލުހުންނަށް އިންޒާރުދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންނަށް އިންޒާރު ދިނުމަށްފަހު ގޭތެރެއަށް އެ އަންހެންމީހާ ވައްދައި އަނިޔާކުރުމަށްފަހު ކަރުގައި ވަޅިޖައްސައިގެން ހުރެ މަގުމައްޗަށް ނިކުމެ ސައިކަލަށް އަރައި ދުއްވާފައިގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމީހާ ސަލާމަތް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށް އެ ފިރިހެން މީހާ ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެ ފިރިހެންމީހާއަށް އަނިޔާވެފައިވާތީ އޭޑީކޭގައި އޭނާއަށް ފަރުވާ ދެމުންދާ ކަމަށް ވަނި ބުނެފައެވެ. އަދި އެ އަންހެންމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ފުލުހުން އިތުރަށް ތަހުގީގުކުރަކުން ގެންދާކަމަށް ވަނީ ބުނެފައެވެ.

ސޯޝިއަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދަށް ގިނަ އަދަދެއްގެ އާއްމުންވެސް އެއްވެފައިވެއެވެ. އަދި ފުލުހުން ހަރަކާތްތެރިވެ ނެގޯސިއޭޓް ކުރާ މަންޒަރުވެސް ވަނީ ފެނިފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލު މަތީގައި ދެމީހުން ތިބި އިރު އަންހެން މީހާ އިނީ ސައިކަލު ދުއްވާށެވެ. އަދި އެ ފިރިހެންމީހާ ސައިކަލު ފަހަތުގައި އިނދެ އޭނާގެ ކަރުގައި ވަޅި ޖައްސައި ބިރުދައްކަމުންދާ މަންޒަރު ވީޑިއޯއިން ފެންނަމުނެ ދެއެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 63%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 19%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: