ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވްގެ ފަރާތުން ގުޅިފައިވާ ބަޔާނެއް ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވް (ސީ.އެސް.ސީ)ގެ މެންބަރު ޤައުމުތަކުން ސީ.އެސް.ސީ ޗާޓަރ އަދި ސީ.އެސް.ސީގެ ސެކްރެޓޭރިއެޓް ޤާއިމުކުރުމުގެ ފަހުމުނާމާގައި ސޮއިކުރައްވައިފިއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު އިންތިޒާމުކޮށްފައި ވަނީ ސްރީލަންކާގެ ސަރުކާރުގެ ފަރާތުން އެޤައުމުގެ ކޮލަމްބޯ ސިޓީގައެވެ.

މެންބަރު ޤައުމުތަކުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އިންޑިއާގެ ބޮޑުވަޒީރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖިތް ދޯވަލް ކޭ.ސީ، ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފް، ޑީ.ސީ (ރޓ)، ލޓކލ (ރޓ)، މޮރިޝަސް އިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ހޭމަންޑޯޔަލް ދިލުމް އަދި ސްރީލަންކާގެ ރައީސްގެ ނޭޝަނަލް ސެކިއުރީޓީ އެޑްވައިޒަރު ސަގަލަ ރަޓްނަޔަކަ އެވެ.

ސީ.އެސް.ސީގެ އަސާސީ މަޤްޞަދަކީ ބައިނަލްއަޤްވާމީ ގޮތެއްގައި މެންބަރު ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމެވެ.

ސީ.އެސް.ސީގެ ދަށުން މެންބަރު ޤައުމުތަކުން އެއްބާރުލުންދޭ މައިގަނޑު 5 ކަމެއް އޮވެއެވެ. އެ ފަސް ކަމަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުން، ޓްރެފިކިން އަދި ޤައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުން، ސައިބަރ ސެކިއުރިޓީއާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުން އަދި އިންސާނީ އެހީތެރިކަމާއި ކާރިސާތަކާ ގުޅިގެން އެހީތެރިވެދިނުމެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ފައުންޑިން ޑޮކިއުމެންޓްސްގައި ސޮއިކުރުމުގެ ހަރަކާތް ނިންމާލާފައި ވަނީ ކޮންކްލޭވްގެ ކުރިއަށް ހުރި މަސައްކަތްތަކާއި، ކުރިއަށް އޮތްތަނުގައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަފުދުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: