ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވުމަށް މަޝްވަރާކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފުރާވަރުގެ ކުދިން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުމުގެ ފުރުޞަތު ހޯދުމުގެ މަގުޞަދުގައި ކްރޮސްރޯޑްސް މޯލްޑިވްސް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ދެމެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައިފައިވާ ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ދައުލަތުން ބަލަމުންގެންދާ ފުރާވަރުގެ ކުދިންނަށް އެ ރިޒޯޓުން ވަޒީފާ އަދި އިންޓާންޝިޕް ފުރުޞަތުތައް ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ކަމަށެވެ. އެކުދިންނަށް ފަހިކޮށްދޭ ފުރުޞަތުތަކަކީ ދެމެހެއްޓެނިވި ފުރުޞަތަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މި ބައްދަލުމުގައި ވަނީ އަލިއަޅުވައިލައި ފައެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ ފަރާތުން މުޖުތަމަޢު ބާރުވެރިކުރުމަށް ސީ.އެސް.އާރުގެ ދަށުން ވަނީ މީގެ ކުރިންވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން މެޖިކް ޝޯއެއް ހިމެނޭގޮތަށް، ފިޔަވަތީގައި ތިބި ކުދިން ބައިވެރިކޮށްގެން ކުލަގަދަގޮތެއްގައި 2023 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް އެ ރިޒޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މިފަދަ ކަންކަމަށް އެ ފަރާތުން ބަހައްޓަވާ ޝައުގުވެރިކަމާއި ދެއްވާ އެހީތެރިކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ޝުކުރުއަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: