ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓް ހައުސްއެއްގައި ޑްރަގްސް ގެންގުޅުނު މައްސަލައެއްގައި ކެނެޑާ މީހެއް އުމުރަށް ޖަލަށް

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. މާޅޮސް ގެސްޓްހައުސްއެއްގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅުނު ކެނެޑާއަށް ނިސްބަތްވާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

2019، ޖުލައިގައި ސްކޮޓް ވިލިއަމް ހައްޔަރުކޮށްފައި ވަނީ 26 ގްރާމްގެ ކެނަބިސްއާއި އެކު އެވެ. ކެނަބިސްގެ 14 ގްރާމަށް ވުރެ ގިނައިން މަސްތުވާތަކެތި އެ މީހެއްގެ އަތުން ފެންނަ ހާލަތެއްގައި ގާނޫނު ބުނާ ގޮތުން އޭނާގެ މައްޗަށް ކުރެވޭނީ މަސްތުވާތަކެތި ޓްރެފިކް ކުރާ މީހެއްގެ ތުހުމަތެވެ.

ބިދޭސީ މީހާ އުމުރަށް ޖަލަށް ލާން ހުކުމް ކުރީ އެހެންވެ އެވެ. އަދި ޖަލު ހުކުމާއި އެކު 100،000 ރުފިޔާއިން ވަނީ ޖުރިމަނާކޮށްފަ އެވެ.

ކެނެޑާ މީހާ ހުރި ގެސްޓް ހައުސް ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރުމުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއްކަމަށް ވަނީ އިއުތިރާފުވެފަ އެވެ. އެކަމަކު އޭގެ ފަހުން މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ދައުވާއަށް އިންކާރުކޮށް އޭނާގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ މަސްތުވާތަކެތި ފެނިފައި ވަނީ އޭނާ އުޅެމުން އައި ގެސްޓްހައުސް ކޮޓަރިއަށް އެހެން މީހުންނަށް ވެސް ވަދެ ނިކުމެ އުޅޭކަމަށެވެ.

އަދި ދައުވާއަށް އިންކާރު ކުރާ ސަބަބަކީ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗަލަށް ނުވާތީކަމަށެވެ. އެހެންވެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކި ހުށަހަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: