ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކާއިމެދު އޮތް އިތުބާރު އެންމެ ރެއަކުން ނެތިގެން ގޮސްފި: އިހުސާން

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކާއިމެދު އޮތް އިތުބާރު އެންމެ ރެއަކުން ބުނެލެވުނު ބަހަކުން ނެތިގެން ދިޔައީ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕެނެލް ޑިސްކަޝަންގައި އިހުސާން ވިދާޅުވީ ހުރިހާ އެންމެގެވެސް މައިގަނޑު އުންމީދު ހާސިލު ކުރުމަށްޓަކައި ނުަވތަ ދަތުރުކުރަން އޮތް މަގުގައި ލަފާދާރެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރިހާ ޒަމާންވަންދެން ވެސް އޮތް ތަނަކީ ދިވެހީންގެ ބޭންކު ކަމަށެވެ. މުސްތަގުބަލުގައި މިހާލަތުން އަރައިގަތުމަށްޓަަކައި މަސައްކަތް ކުރަން އޮތް ތަނަކީވެސް ދިވެހީންގެ ބޭންކު ކަމަށް އިހުސާން ވިދާޅުވިއެވެ.

”ބޭންކާއިމެދު އޮތް އިތުބާރު ހަމަ ކަނޑައެޅިގެން އެންމެ ރެއަކުން، ވިދާޅުވެވުނު ބަހަކުން މުޅިން އެއްކޮށް ގެއްލިގެން އެ ދިޔައީ. ދެން ކިހިނެއްތޯ އަޅުގަނޑުމެން މިހާލަތުން އަރައިގަތުމަށްޓަކައި މަސައްކަތް ކުރާނީ. އެހާވެސް ބިރުވެރި ހާލަތެއްގައި އަޅުގަނޑުމެން މިއޮތީ. މިހާލަތުގެ މައްޗަށް އަޅުގަނޑުމެންނާއި އިދިކޮޅަށް ބަޔަކު މީހުން މި ބުނަނީ، ކުރިން 2018 ވަނަ އަހަރުން ފެށިގެން އައި ސަރުކާރުން ދިވެހިރާއްޖޭގެ އިގްތިސާދު ކުރި ނާރާ ހާލަތުގައި މެނޭޖު ކުރަން ނޭންގުމުގެ ސަބަބުންނޭ މިހެން ދިމާވީ“

އިހުސާން ވިދާޅުވީ ދިވެހިރާއްޖެއަށް ފާއިތުވެގެން ދިޔަ ވެރިކަމުގައި ނުވަތަ ކޮވިޑް 19ގެ ހާލަތުގައި ދިމާވީ މީން ޒަމާނަކު ދުނިޔޭގެ އެއްވެސް ގައުމަކަށް ކުރިމަތި ނުވާފަދަ ބިރުވެރި ނުރައްކާތެރި ހާލަތެއް ކަމަށެވެ. ނަމަވެސް އެހާލަތުގައިވެސް ދިވެހިރައްޔިތުން އުޅުއްވީ ކައިގެން ބޮއެގެން ކަމަށާއި މިހާރު މިއޮތް ފަދަ ހާލަތަކަށް ރައްޔިތުން ނުދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

މީގެއިތުރުން އިހުސާން ވިދާޅުވީ މިހާރު އޮތޮ ހާލަތަށް އޭރުވެސް މާލީ އިދާރާތައް ފުނޑުފުނޑު ވެގެން ނުދާ ކަމަށެވެ. އަދި އޭރުވެސް ރާއްޖޭގެ ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ އުންމީދު އޮތް ކަމަށް އިހުސާން ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ މާލީ އިދާރާތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރު ކޮށްދޭނެ ކަމުގެ އުންީދު އޮތް ކަމަށްވެސް އިހުސާން ވިދާޅުވިއެވެ. މިއަދު އެ އުންމީދާއި ހާލަތުވެސް ބަދަލުވެގެން ގޮސްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: