މިއަދު ހެނދުނު 06:50 ހާއިރު ހުޅުމާލެ ފޭސް 2 ގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް އެ ހިދުމަތަށް ރިޕޯޓްކޮށްފައިވަނީ 06:50 ހާއިރެވެ. މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށާއި ހުޅުމާލެ ހޮސްޕިޓަލްގައި ދެމުން ގެންދާކަމަށެވެ.
ސޯޝަލް މީޑިއާގަައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި ސައިކަލު ދުއްވަން އިން މީހާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި ސައިކަލާއެކު އޭނާ ވަނީ ފާރުގައި ޖެހިފައެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.
އިއްޔެ ރޭގެ ވަގުތެއްގައި ވެސް ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މާލޭގައި ހިނގައި މީހަކު ވަނީ ނިޔާވެފައެވެ. އެ މައްސަލައިގައި ކާރު ދުއްވަން އިން މީހާވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މިކަމާއި ގުޅިގެން ސަރުކާރާއި ކަމާބެހޭ އެކި މުއައްސަސާތަކުން ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

