ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމިއްޔަތު މަޝްރޫޢަކީ ޢިލްމީ ގޮތުން ދިވެހީންގެ އަސްލުތައް ހޯދައި ވަޒަންކޮށް އިޢާދަކުރުން: އާދަމް ނަސީރު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޤައުމިއްޔަތަށް ޢިލްމީ ގޮތުން ބައްލަވައި ރައީސް ކަނޑައަޅުއްވާފައިވާ އެންމެ ކުރު ތަޢާރަފަކީ ”ދިވެހީންގެ ވިސްނުމުގައި އޮންނަ ދިވެހީންގެ އެއްބައެއްވަންތަކަމާއި ދިވެހީންގެ ދެމިތިބުމުގެ ފިކުރު“ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވަޒީރު ވިދާޅުވީ ޤައުމިއްޔަތު މަޝްރޫޢަކީ ޢިލްމީ ގޮތުން، ޢިލްމީ ލޮލަކުން ދިވެހީންގެ އަސްލުތަކަށް ބެލުމާއި، ޢިލްމީ ގޮތުން ދިވެހީންގެ އަސްލުތައް ހޯދައި ވަޒަންކޮށް އިޢާދަކުރުމުގެ މަޝްރުޢެއްކަމަށެވެ.

ދިވެހީން އެއްބަހަކުން ވާހަކަދެއްކުމާއި، ދިވެހީންނަށް އެކި ކަންކަމުގައި ކުރެވިހުރި އެއްގޮތް ތަޖުރިބާތަކާއި، ދިވެހީންގެ ކެއިން ބުއިމުގައި ހުރި އެއްގޮތްވަންތަކަމާއި، ދިވެހީންގެ ރަށްތައް އުފެދި އެތުރިފައި އޮތް ގޮތްފަދަ ހުރިހާ ކަމަކީ ދިވެހީންނާއި ދިވެހި ޤައުމިއްޔަތުގެ ޚާއްޞަ ސިފަތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޙަޤީގަތުގައި އަޅުގަނޑުމެން ދިވެހީން ވަކިވަކި ވާންޖެހޭ، ބައިބައި ވާން ޖެހޭ ސަބަބެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ދިވެހި ޤައުމު އޮތް ގޮތަށް ބަލާއިރު، އަޅުގަނޑުމެން ފާއިތުވިތާނގައި ތިބި ގޮތާ މިއަދު އަޅުގަނޑުމެން ތިބި ގޮތާ ވަރަށް ގިނަ ގޮތްގޮތުން ތަފާތުކަން ފާހަގަ ކުރެއްވޭކަމަށް ވަޒީރު ވިދާޅުވިއެވެ. މި ތަޖުރިބާ ސާޅީސް އަހަރުން މަތީގެ ކޮންމެ ދިވެއްސެއްގެ ވަރަށް ރަނގަޅަށް ހުންނާނެކަން އެއުމުރުގެ ކޮންމެ ދިވެއްސަކު އެއްބަސްވާނެ ކަމަށާއި، ދިވެހީން އެއްބައެއްގެ ގޮތުގަ ތިބި ތިބުން، ދިވެހީން އެއް ރޫޙެއްގައި ދިވެހި ޤައުމައިގެން ކުރިއަށްދިޔަ ދިއުން، ދިވެހީން އެއް ޖޯޝެއްގައި ރަށް ބިނާކުރަން، އަތޮޅު ބިނާ ކުރަން، އަދި ޤައުމާއި ދިވެހީންގެ ރާއްޖެ ބިނާކުރަން ކުރި ހިންމަތާއި މިންނަތް، އަދި އެއިން ދިވެހީން ހޯދި ކާމިޔާބީގެ ތަޖުރިބާ ދިވެހީންގެ އެބަ ހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.

”މިކަން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. އެމަނިކުފާނުގެ ޒަޢާމަތުގައި އެމަނިކުފާނު އެންމެ ބޮޑަށް އިސްކަމެއްދެއްވާ އެއްކަމެއްގެ ގޮތުގައި ހިމެނެނީ ދިވެހީން އަލުން ދިވެހީންގެ ގޮތުގައި އިޢާދަކުރެއްވުން. ދިވެހީންގެ ފިކުރީ އެއްބައިވަންތަކަން، ދިވެހީންގެ ޤައުމީ އެއްބައިވަންތަކަން، ދިވެހީންގެ ޤައުމީ ސަލާމަތާއި ގުޅިފައި ހުރި ކަންކަމުގައި، ދިވެހީން ޒަމާނުއްސުރެ މިނިވަންކަންމަތީ މިދެމިތިބި ސިއްރު، އޭގެ ސަބަބުތައް އަލުން ހޯދައި، އަލުން ދިވެހީންގެ ވިސްނުމުގެ ތެރެއަށް ގެނެސްދެއްވުން.“

ޤައުމީ ދުވަހުގެ ތާރީޚާއި ޤައުމީ ދުވަހުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަވަމުން ވަޒީރު ވިދާޅުވީ ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެއްބައިވަންތަވުމަށާއި އެއްދީނެއްގައި ދެމިތިބުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: