ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައްތާލި ވެހިކަލްތަކުގެ މައުލޫމާތު މީގެކުރިން ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ

ފުލުހުން ޓޯކޮށްފައި އުޅަނދުތަކެއް އުކާލާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯގައި ހިމެނޭ ވެހިކަލްތަކުގެ މައުލޫމާތު ގެޒެޓުގައި ޝާިއއުކޮށްފައިވާކަން ފާހަގަކުރެވިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ފުލުހުންގެ ޓޯ ޔާޑެއްގެ ތެރޭގައި ސައިކަލު ތަކެއް އުކާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައިވާއިރު އެކަމާއި ގުޅިގެން ތާފާތު ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. ޓޯ ކޮށްފައި ހުންނަ އުޅަނދަށް ގެއްލުން ދޭ ކަމަށް ބުނެ ދައުރު ކުރަމުންދާ ވީޑިއޯ އަކީ ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތަކެއް ކަމަށް ވަނީ ބުނެފައެވެ.

ގާނޫނު ބުނާގޮތުންނަމަ އުޅަނދެއް ޓޯ ކުރުމަށްފަހު ނައްތާލުމުގެ ކުރިން އެ އުޅަނދެއްގެ ވެރި މީހާ ހޯދުމަށް، ނަމްބަރު ބޯޑު އާންމުކޮށް ގެޒެޓުގައި 60 ދުވަހުގެ މުއްދަތެއް ދީ އިއުލާނު ކުރަން ޖެހެ އެވެ.

މި ގަވައިދުގެ (ށ) ގައި ބުނަނީ  މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު އާންމުކުރާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ މުހުލަތެއް، އުޅަނދާ ހަވާލުވުމަށް، އުޅަނދުގެ ވެރިފަރާތަށް ދޭންވާނެއެވެ. ގާނޫނު ބުނާގޮތުންނަމަ ފުލުހުންގެ ހިދުމަތުން އާންމުކުރާ މައުލޫމާތުގައި، އުޅަނދުގެ ރަޖިސްޓްރޭށަން ނަންބަރު؛ އުޅަނދުގެ ބާވަތް؛ އުޅަނދު ހިފެހެއްޓުނު ތަން؛އުޅަނދާ ހަވާލުވާންޖެހޭ އެންމެ ފަހު ތާރީހު އަދި އުޅަނދާ ހަވާލުވުމަށް ދީފައިވާ އެންމެ ފަހު ތާރީހުގައި ވެރި ފަރާތުން އުޅަނދާ ހަވާލުވެފައި ނުވާނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން އެފަދަ އުޅަނދަކާމެދު އަމަލުކުރެވޭނެކަން ހިމަނަންޖެހެއެވެ.

ގަވައިދުގައި ބުނެފައިވާ މުއްދަތުގައި ހަވާލުވެފައިނުވާ އުޅަނދާމެދު ފުލުހުން އަމަލު ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި އާންމުކޮށް ހުޅުވައިލެވޭ ނީލަމެއްގައި އެ އުޅަނދެއް ވިއްކައިލުން؛ ނުވަތަ އެ އުޅަނދެއް ނައްތައިލުން ހިމެނެއެވެ.

ވެރިފަރާތުން ހަވާލުވެފައިނުވާ އުޅަނދު ނީލަމުގައި ވިއްކައިލުމުގެ ނުވަތަ ނައްތައިލުމުގެ ކުރިން ރަޖިސްޓަރީ ބާތިލު ކުރަންވެސް ޖެހެއެވެ. އަދި ނައްތައިލެވޭ އުޅަނދުގެ މައުލޫމާތު އާންމުކުރުމަށް ގަވާއިދު ބުނެއެވެ. އެހެންކަމުން ގަވައިދުގެ ދަށުން 04 ޖޫން އަދި 25 އޮގަސްޓުގައި ފުލުހުން ވަނީ އުޅަނދުގެ މައުލޫމާތު ހޮއްސާކޮށްފައެވެ. އަދި އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާ ކަމުގެ ސިޓީ ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއަށް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: