މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ފޯރުކޮށްދޭ ބަހުގެ ހިދުމަތް ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން އަމާޒަކީ ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނައުންކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.
މާލޭގެ ސަރަހައްދުގައި އެމްޓީސީސީ ދެމުން ގެންދާ ބަހުގެ ހިދުމަތުގެ ރޫޓަށް ބަދަލު ގެނެސް ހިދުމަތް ދޭން ފަށާ ގަޑި އަވަސް ކުރުމަށް ވަނީ ނިންމާފަ އެވެ. އާދީއްތަ ދުވަހުން ފެށިގެން، ބަހުގެ ހިދުމަތް ފަށާނީ ފަތިހުގެ 05:00 ގައެވެ. މީގެ ކުރިން ބަހުގެ ހިދުމަތް ފަށާ ގަޑިއަކީ 06:00 އެވެ.
ބަހުގެ ހިދުމަތް ފުޅާކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި އެމްޓީސީސީ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި ބޭނުންވަނީ އާރުޓީއެލްގެ ތެރެއިން ވެސް އާންމު ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުންކަމަށް ސައުދީ ވިދާޅުވި އެވެ.
މިވަގުތު ހިދުމަތްތައް ރޭވިފައި ހުރި ގޮތާއި ގުޅޭގޮތުން ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބަލައި، އިތުރު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދާކަމަށް ވެސް ސައުދީ ވިދާޅުވި އެވެ. އެގޮތުން ހުޅުމާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ގިނަ ބަޔަކު ވަޒީފާއަށް މާލެ އަންނަން ޖެހޭއިރު ބައެއް ދަތިތައް ދިމާވާކަން ފާހަގަކުރެވުނުކަމަށެވެ.
އެކަން އަޅުގަނޑުމެންނާއި ހަމައަށް އައިސްގެން ވަގުތު މި އަވަސް ކުރީ ހުޅުމާލެއިން ބަސް ސްޓާޓް ކުރާ ގަޑި
އެމްޓިސީސީ ވަނީ މާލޭގެ ސަރަހައްދުގެ އަށް ރޫޓަކަށް ބަދަލު ގެނައުމަށް ނިންމަވާފަ އެވެ.

