ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ދެ މީހަކު ހޯދަނީ

ފުލުހުން ހޯދަމުންދާ ކަމަށް ބުނެ އާއްމުކުރި ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް އަދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ދެ ކޯޓަށް ހާޒިރުކުރަން ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ހިއްސާކޮށް ބުނެފައިވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ކ. މާލެ / ދަފްތަރު ނަންބަރު ދރ 2840، މުސްލިމް ޢަބްދުﷲ ( 25އ) އެވެ.

މުސްލިމް ޢަބްދުﷲ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 ސެޕްޓެންބަރު 9 ވަނަ ދުވަހުގެ 08:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ށ. ކޮމަންޑޫ / އުރަހަ، މުޙައްމަދު ނިޔާޒްް (43އ) އެވެ. .

މުޙައްމަދު ނިޔާޒް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޒް މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މުސްލިމް ޢަބްދުﷲ އަދި މުޙައްމަދު ނިޔާޒް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: