ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްއާއި ޔޫޒަބަލް ރިޒާވްވެސް އިތުރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްއާއި ޔޫޒަބަލް ރިޒާވްވެސް އިތުރުވެއްޖެއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖުމްލަ ރިޒާވް 11 އިންސައްތަ ކުރިއަރާފައެވެ. ރިޒާވް ވަނީ 395 މިލިއަން ޑޮލަރުން 444 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ޔޫޒަބަލް ރިޒާވް 26 ޕަސެންޓަށް އިތުރުވެފައިވާއިރު ޔޫޒަބަލް ރިޒާވްގައި މިވަގުތު ހުރީ 61 މިލިއަން ޑޮލަރެވެ. ޖުލައި މަހު ހުރީ 45 މިލިއަން ޑޮލަރެވެ.

ރިޒާވް އިތުރުވެފައިވަނީ ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މިދިޔަ ހުކުރު ދުވަހު ވިދާޅުވިއެވެ.

މި އަހަރު ފެށުނު އިރު ޖުމްލަ ރިޒާވްގައި ހުރީ 551 މިލިއަން ޑޮލަރެވެ. މި އަހަރު ޖުމްލަ ރިޒާވް އެންމެ ބޮޑަށް އިތުރުވީ ފެބްރުއަރީ މަހު އެވެ. އެ މަހުގެ ޖުމްލަ 588 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.

އެވްރެޖް ޔޫޒަބްލް ރިޒާވު:

● 2022: 293 މިލިއަން ޑޮލަރު

● 2023: 161 މިލިއަން ޑޮލަރު

● 2024 (7 މަސް): 93 މިލިއަން ޑޮލަރު

މިއަހަރު ފެށުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރީ 110 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ޔޫޒަބަލް ރިޒާވް ހުރީ 179 މިލިއަން ޑޮލަރުގަ އެވެ.

ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް އެމްއެމްއޭ އިން އަންނަނީ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: